އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން 2023

        (IUL)38-CA/38/2023/85 :ނަންބަރު

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން 2023

             ޤާނޫނު ނަންބަރު 7/2010، (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 10 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ 56-6 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތައް 2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. އެގޮތުން މިތާރީޙްގައި އިންތިޙާބު ބާއްވާނީ 2023 އެޕްރީލު 02 ވާ އާދީއްތަ ދުވަހުގެ ކުރީން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މަޤާމު ހުސްވެފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިކޮމިޝަނަށް އަންގާ ދާއިރާތަކަށެވެ. އަދި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2023 އެޕްރީލް 03 ވާ ހޯމަ ދުވަހު ހުޅުވާލާނެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

27 ފެބުރުވަރީ 2023
ހޯދާ