ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސްޕްލާންޓެއް ހިންގުމަށް ބިމެއް ދޫކުރުމާ ގުޅޭ

                           އައިސްޕްލާންޓެއް ހިންގުމަށް މި ރަށު ބަނދަރުގެ ދެކުނުފަރާތުން ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، އެ ފުރުޞަތު އާންމުކޮށް ހުޅުވާލުމުގެ ގޮތުން މި އިދާރާއިންކޮށްފައިވާ ނަންބަރު: (IUL)408-CA/408/2023/8 (05 ފެބުރުވަރީ 2023) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އެކަމަށް އެދި ހުށަހަޅާފައިނުވާތީ، ދެ ވަނަ ފަހަރަށް އެ ފުރުޞަތު ހުޅުވާލަމެވެ.

                           ވީމާ، މިކަން ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 05 މާރިޗް 2023 ވާ (އާދީއްތަ) ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މާރިޗް 2023 ވާ (އަންގާރަ) ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6820007 ނަންބަރު ފޯނަށެވެ.

                           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ފެބުރުވަރީ 2023
ހޯދާ