ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ކިޔަވައިދެއްވާނެ ފަރާތްތައް ހޯދުމަށް

ފެކަލްޓީއޮފް ހެލްތް ސައިންސަސްގައި ހިންގާ ޑިޕްލޮމާއިން ފާރމަސީ އަދި ބެޗްލަރއިން ނާރސިން އަދި ޑިޕްލޮމާއިން ނާރސިން ކޯހަށް ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވާނެ ފަރާތްތައް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްޕުޅުތަކުން 04 ޖަނަވަރީ 2015 ވަނަދުވަހުގެ 15:00 ގެ ކުރިން ފެކަލްޓީ އޮފް ހެލްތް ސައިންސަސް އަށް، ހުށަހަޅަންޖެހޭ ތަކެއްޗާއެކު ސިޓީ ފޮނުއްވުން އެދެމެވެ.

1. މާއްދާގެ ނަން: މައިކްރޯ ބައޮލޮޖީއިން ހެލްތު ސައިންސް

   ކިޔަވައިދޭންޖެހޭ ކޯސް :- ޑިޕްލޮމާއިން ފާރމަސީ

   ފެންވަރު ނުވަތަ ޝަރުޠު: މާއްދާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން

2. މާއްދާގެ ނަން: މައިކްރޯ ބައޮލޮޖީއިން ހެލްތު ސައިންސް

   ކިޔަވައިދޭންޖެހޭ ކޯސް :- ބެޗްލަރއިން ނާރސިން އަދި ޑިޕްލޮމާއިން ނާރސިން.

   ފެންވަރު ނުވަތަ ޝަރުޠު: މާއްދާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން.           

ހުށަހަޅަންޖެހޭ ލިއުންތައް:

1. ކިޔަވައިދޭ މާއްދާގެ ރޮނގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

29 ޞަފަރު 1436

21 ޑިސެންބަރު 2014
ހޯދާ