ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސުކޫލް ޓީޗަރ

ވަޒީފާގެ ފުރުޞަތު

މަޤާމް: ޕްރީސުކޫލް ޓީޗަރ

މަސައްކަތް ހަމަޖެހިފައިވާ ތަން: ފެލިދޫ ޕްރީސުކޫލް، ވ.ފެލިދޫ

ބޭނުންވާ އަދަދު: 2    

މަޤާމް

ރޭންކު

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

އެސިސްޓެންޓް ޓީޗަރ

GS1

ޕްރީސުކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

3565.00

1500.00

ޓީޗަރ

GS2

ޕްރީސުކޫލް ޓީޗަރ

ޕްރީސުކޫލް ޓީޗިންގ ދާއިރާއިން، ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.

4000.00

1500.00

ޓީޗަރ

GS3

ޕްރީސުކޫލް ޓީޗަރ 3

ޕްރީސުކޫލް ޓީޗިންގ ދާއިރާއިން ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.

4465.00

1500.00

ޓީޗަރ

GS4

ޕްރީސުކޫލް ޓީޗަރ 4

ޕްރީސުކޫލް ޓީޗިންގ ދާއިރާއިން ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5020.00

2500.00

ޓީޗަރ

MS1

ޕްރީސުކޫލް ޓީޗަރ 5

ޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީސުކޫލް ޓީޗިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

6295.00

2500.00

ޓީޗަރ

MS2

ޕްރީސުކޫލް ޓީޗަރ 6

ޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީސުކޫލް ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

7035.00

2500.00

އިތުރު މަޢުލޫމާތު: ފޯން 6700720 ނުވަތަ 7786401 ނަމްބަރާ ގުޅުން އެދެމެވެ.

އީ-މެއިލް އެޑްރެސް: [email protected]

ސުންގަޑި: ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 ޖަނަވަރީ 6 ވާ އަންގާރަދުވަހުގެ 15:00 ގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ފެލިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.

- ޖީ.ސީ.އީ، އައި.ޖީ.ސީ.އެސްއީ، އެސް.އެސް.ސީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.

- ސުކޫލް ލީވިންގ ސެޓްފިކެޓްގެ އެޓެސްޓެޑް ފޮޓޯކޮޕީ.

- ވަޒީފާގެ ތަޖުރިބާ ލިޔުންތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.

- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

 (ނޯޓް: މި މަޤާމްތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުއެވެ.)

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  1. ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
  2. މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުނގަންނައިދީ، އެކުދިންނަށް އެކަން ހާސިލުވާންޖެހޭ އެންމެ ފުންމިނުގައި ހާސިލުވިކަން ކަށަވަރުކުރުން.
  3. ޕޭރަންޓް މީޓިންގްތަކުގައްޔާއި، ޓީޗަރެއްގެ ހައިސިއްޔަތުން ބައިވެރިވާންޖެހޭ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވުން.
  4. ކުދިންގެ ފޮތްތައް ދުވަހުން ދުވަހަށް ބަލައި، މާކްކޮށް، ދަރިވަރުންގެ ހުރިހާ ރެކޯޑްތައް ބަރާބަރަށް ލިޔެ ބެލެހެއްޓުން.
  5. ދަރިވަރުންގެ އަޚްލާޤީ، ސުލޫކީ، ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  6. ޕްރީސުކޫލްގެ އިދާރީ މަސައްކަތް ކުރުން.

29 ޞަފަރު 1436 

21 ޑިސެންބަރު 2014
ހޯދާ