މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ނައިޓް މާކެޓެއް ބޭއްވުމާއި ގުޅޭ

                     1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ރަށުގައި ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށާއި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގުގައި މުދާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ އިތުރުން އާންމު އިޖްތިމާއީ ޙަރަކާތްތެރިކަން އިތުރުކުރުމުގެ ގޮތުން، 2023 މާރިޗް 09، 10 އަދި 11 ވަނަ ދުވަހު މިރަށުގައި ނައިޓް މާކެޓެއް ބޭއްވުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. ނައިޓް މާކެޓް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ތިން ދުވަހު، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

                     މި ރަށުގައި ނައިޓް މާކެޓު ބޭއްވުމަށް އެކުލަވާލާފައިވާ އުސޫލު މި އިޢުލާނާއި އެކު އާންމުކުރަމެވެ. ނައިޓްމާކެޓްގައި ބައިވެރިވުމުގެ ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 މާރިޗު 6 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން " މުލަކަތޮޅު ދިއްގަރު ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށް ފަހު ރަސްމީ ގަޑީގައި މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލްގެ ޒަރިއްޔާއިން ނަމަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން އިން ލިބެން ހުންނާނެއެވެ.

                     މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

26 ފެބުރުވަރީ 2023
ހޯދާ