ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2014/77

ތާރީޚު: 22 ޑިސެންބަރު 2014

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މަހަކު -/7،035 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ.

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

 

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛

2-   މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު،MS 2  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭ އެންމެހައި މަސައްކަތް ހިންގައި ބެލެހެއްޓުން.

2- ވަޒީފާއާއި، ޗުއްޓީއާއި، ސަލާމާއި، މުވައްޒަފުންނަށް އިޞްލާޙީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

3- ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ މަސައްކަތްތައް ވަޒަންކޮށް، ކޯޓުތަކާއި އިދާރާތަކާ މަޝްވަރާކޮށްގެން، ކޮންމެ ތަނަކަށް ވަޒީފާގެ ވަކި އޮނިގަނޑެއް  އެކުލަވައިލުން.

4- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި ހުށަހެޅޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އިޖްރާޢަތު ހެދުމާއި، އެފަދަ އިޖްރާޢަތުތަކަށް މުވައްޒަފުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުން.

6- ޝަރު ޢީދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ބޭނުންވާ ފޯމްތައް ފުރިހަމަކުރުމާއި، މުސާރައިގެ ސްޓެޕް ދޭންޖެހޭ މުވައްޒަފުންނަށް ސްޓެޕްދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކުރުވުމާއި، ކަނޑައެޅިފައިވާ ވަރަށްވުރެ ދަށުން މާކްސް ލިބޭ މުވައްޒަފުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

7- ޝަރު ޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން.

8- ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރައާގުޅޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

9- ހިއުމަން ރިސޯސް ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި، ހިއުމަން ރިސޯސް ކޮމިޓީގެ ޔައުމިއްޔާ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2015 ޖަނަވަރީ 5 ވާ ހޯމަ ދުވަހުގެ 15:00 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

22 ޑިސެންބަރު 2014
ހޯދާ