މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ، އިންޓަރނަލް އޮޑިޓް

މަޤާމް:މެނޭޖަރ، އިންޓަރނަލް އޮޑިޓް

ޑިޕާޓްމަންޓް:އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:01

ވަޒީފާގެ ބާވަތް:ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި:ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:

  • އޮޑިޓިންގ، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި،

  • ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކުރުމަށްފަހު، އޮޑިޓިންގ ނުވަތަ އެކައުންޓިންގގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މި 4 އަހަރުގެ ތެރެއިން 1 އަހަރު މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކޮށްފައިވުން. 


މުސާރަ އާއި ޢިނާޔަތްތައް:

އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 30,000.00ރ


މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv

އެއެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް. 

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).

  • ޕޮލިސް ރިޕޯޓު.


އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 19 މާރިޗު  2023 އާއި 06  އެޕްރީލް 2023  އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

 

ނޯޓް:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.


ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

26 ފެބުރުވަރީ 2023
ހޯދާ