ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

  • ރަތަފަންދޫ ޕޮލިސްސްޓޭޝަން ހިންގުމަށް ކުއްޔަށްދީފައިވާ ( ރަތަފަންދޫ އިޖުތިމާޢީ މަރުކަޒުގެ ) ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ގދ.ރަތަފަންދޫ ޕޮލިސްސްޓޭޝަން ހިންގުމަށް ކުއްޔަށްދީފައިވާ ( ރަތަފަންދޫ އިޖުތިމާޢީ މަރުކަޒުގެ ) ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ވާނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ހޯމަދުވަހުގެ ހެނދުނު 10:00 އަށް ރަތަފަންދޫ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް

1. ބޭރުންވަންނަން ހުންނަ ގޭޓުގެ ދޮރުފަތް، ގޭޓުގެ ދޮރުފަތަކަށް ބަދަލުކުރުން.

2. ޢިމާރާތުގެ ހުޅަނގުފަރާތުގެ ފާރުތަކުން ކަނޑައިގެންގޮސްފައިވާ ތަންތަން ބެއްދުން.

3. އިރުމަތީފަރާތުގެ ފާޚާނާގެ މަތީގައި މިހާރު އޮތް ޝީޓު ތަޅައި ނެގުމަށްފަހު އަލުން ޝީޓެއް އެޅުން.

4. އިރުމަތީފަރާތުގެ ކޮޓަރީގެ ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން.

5. އިރުމަތީފަރާތުގެ ކޮޓަރީގެ ފާޚާނާގެ ފުލެޝްޓޭންކް ބަދަލުކޮށްދިނުން.

6. އިރުމަތީފަރާތުގެ ކޮޓަރީގައި މިހާރު ހުރި 3 އޯބިޓަލްފަންކާ ނެގުމަށްފަހު، އަލުން އެތަންތަނުގައި ފަންކާތައް ހަރުކޮށްދިނުން.

7. އިރުމަތީފަރާތުގެ ކޮޓަރިން ވެއްޓިފައިވާ 2 ގަނޑު ކޯނިސްގެ ބަދަލުގައި އާ ދެކޯނިސްގަނޑު އިސްކުރު އަޅައިގެން ހަރުކޮށްދިނުން.

8. ބަދިގެއަށް ބޭނުންކުރާ ބައިގެ ފާރުން ކަނޑައިގެންގޮސްފައިވާ ތަންތަން ބެއްދުން.

9. ބަދިގޭގައި ބޭނުންކުރާ ސިންކުގެ ގުލީ ބަދަލުކޮށްދިނުން.

10. ޢިމާރާތުގެ ގޯތިތެރޭގައި 2x4 ފޫޓުގެ ޖަންގުޝަނެއް ބަހައްޓައި ބަދިގޭގެ ސިންކާ ގުޅައިދިނުން.

11. އޮފީހުގައި އަލިފާންރޯވެ ލަކުޑިޕަރޓިޝަނުން އަދާފައިވާ ބައި މަރާމާތުކޮށްދިނުން. ( 8x4 ފޫޓު )

12. ޢިމާރާތުގެ ފުރާޅުން ވާރޭވެހޭތަން ރަނގަޅުކޮށްދިނުން.

13. އިންޓަރވިޔުރޫމުގެ ފާޚާނާގެ ފުލެޝްޓޭންކް ބަދަލުކޮށްދިނުން.

14. އިންޓަރވިޔުރޫމުގެ ފަންކާ ބަދަލުކުރުން.

15. 2 ފާޚާނާގެ ތަޅު ބަދަލުކުރުން.

16. އިންޓަރވިޔުރޫމުގެ ތަޅު ބަދަލުކުރުން.

17. ސިޓިންގރޫމުގެ ދެފަންކާ ބަދަލުކުރުން.

18. މުވައްޒަފުން ނިދާކޮޓަރި ބެރެކްސް 1 ގެ ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން.

19. މުވައްޒަފުން ނިދާކޮޓަރި ބެރެކްސް 1 އަށް ވަންނަ ދޮރުގެ ތަޅު ބަދަލުކުރުން.

20. ފާރުތަކުން ވެލިފައިބާތަންތަން ކޮށައި ކެމިކަލް ބޭނުންކޮށްގެން އަލުން ސިމެންތިޖެހުން. ( 908 އަކަފޫޓު )

21. ޢިމާރާތުގެ އިރުމަތީފާރުގެ ބޭރުފަރާތުގައި ސިމެންތިޖެހުން. ( ކެމިކަލް އަޅައިގެން )

22. ޢިމާރާތުގައި ހަރުކޮށްފައިވާ ކޯނިސް ބޯޑަރުތަކަށް އިސްކުރުއަޅައިދިނުން.  

އެސްޓިމޭޓާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ

2. ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން ބަލާނެ ކަންތައްތައް

1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ

2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެންނުވާނެއެވެ.

އަގު ހުށަހެޅުން

1. އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ކޮންމެ މަސައްކަތަކަށް ވަކިން އަގު އެނގޭގޮތަށެވެ.

2. މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު  

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް  
  • މި މާކްސް ދެވޭނީ މިކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މުއްދަތަށް  

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް   
  • މި މާކްސް ދެވޭނީ މިކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

10%
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ ޕްރޮފައިލްގައި ފާއިތުވެދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

29 ޞަފަރު 1436

21 ޑިސެންބަރު 2014
ހޯދާ