ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް

ޅ އަތޮޅު ޕޮލިސް ސްޓޭޝަން އާއި ޅ.ކުރެންދު ކައުންސިލް ގުޅިގެން ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް ބޭވުމަށް ވާނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ އަންހެން ބޭފުޅުންނާއި ސްކޫލް ކުދިންނަށް ޙާއްސަކޮށްގެން

ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް ނަން: ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް

މުއްދަތު: 10 ދުވަސް

ފެށުމަށް ހަމަޖެހިފައިވާ ތާރީހް: 11 މާރިޗް 2023

           ވީމާ، މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، ބައިވެރި ވުމަށް އެދޭ ފޯމާއި އައިޑީ ކާޑު ކޮޕީ

ޅ. ކުރެންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ޕްރޮގްރާމުގައި ބައިވެރި ވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ސްޕޯޓްސް ކައުންސެލަރ ދުންޔާ ހުސައިން، ފޯން 7676077 އާއި ގުޅުއްވާއިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ފެބުރުވަރީ 2023
ހޯދާ