ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވޯކްޝޮޕް ހެލްޕަރ

ވޯކްޝޮޕް ހެލްޕަރ
ހުޅުމާލެ އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:
ވެހިކަލް ވޯކްޝޮޕް ޔުނިޓްގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ވެހިކަލް ރިޕެއަރ އަދި މެއިންޓެނަންސް އާއި ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ލައިޓް އަދި ބެޓެރިބަދަލުކުރުން ފަދަ އިލެކްޓްރިކަލް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ކޯޕަރޭޝަނުން ބަލަހައްޓާ ވެހިކަލް އަދި ގަރާޖްތެރެ ދޮވެ ސާފުކުރުން.
- އިންވެންޓްރީއަށް ގެންނަ މުދާ ލޯޑްކޮށް އަންލޯޑްކުރުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން މަޤާމާއި އުނިޓުގެ މަސައްކަތާއި ގުޅޭގޮތުން ސެކްޝަނުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.

މުސާރަ: 10،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 02 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: https://jobs.hdc.com.mv/ 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

23 ފެބުރުވަރީ 2023
ހޯދާ