ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބްލަޑް ބޭންކް ޤާއިމު ކުރުމަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީސް އަދި އިކްވިޕްމަންޓް ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް.

މިއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުން ލޭ ހޯދަންޖެހޭ ހާލަތްތަކުގައި ފަސޭހަ ކަމާއެކު ލޭ ލިބޭނެގޮތް ކަށަވަރުކޮށް، މި ހޮސްޕިޓަލުގައި ބްލަޑް ބޭންކުގެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް ބޭނުންވާނެ ބައެއް މެޑިކަލް މެޝިނަރީސް އަދި އިކްވިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ.

ވީމާ، މިތަކެތި މި ހޮސްޕިޓަލަށް ސަޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި  ދުވަހުން ފެށިގެން 06 މާރިޗު 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected]  އަށް އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ ޖަދުވަލު 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  4. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި ސަޕްލައި ކުރަންޖެހޭ ތަކެތީގެ ލިސްޓް (އެނެކްސް-1) އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ.
  5. ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)

  • ތާރީޚް: 09 މާރިޗު 2023 (ބުރާސްފަތި)
  • ގަޑި: 11:00 ގައި
23 ފެބުރުވަރީ 2023
ހޯދާ