ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ.އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް 7 މީހުންގެ ޖާގައިގެ ވޭނެއް ހޯދުން

  ނަންބަރު : (IUL)ASMH-Procure/ASMH/2023/13

 

އިޢުލާން

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް 7 މީހުންގެ ޖާގައިގެ ވޭނެއް ހޯދުން

މިހޮސްޕިޓަލުގައި ބޭނުމަށް 7 މީހުންގެ ޖާގައިގެ ޕަސިންޖަރ ވެހިކަލް (ވޭނެއް) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ޝަރުތު ފުރިހަމަވާ ބިޑެއް ހުށަހަޅާފައިނުވާތީ، ބިޑްތައް ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

       ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 23 ފެބްރުއަރީ 2023 އިން 02 މާރިޗް 2023 ވަނަދުވަހުގެ 14:00 މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 02 މާރިޗް 2023، މެންދުރު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6841971 / 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  07 މާރިޗް 2023، 13:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

23 ފެބުރުވަރީ 2023
ހޯދާ