ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިސަންސް ޓްރެކް ތަޅުން އެޅުން

މި އިދާރާގެ ނަމްބަރު: (IUL)237-C/237/2023/05 (29 ޖަނަވަރީ 2023) އިޢުލާނުގައިވާ މިއަތޮޅު ނިލަންދޫގައި އޭ-ޒޯން ލައިސަންސް ދޫކުރުމަށް ހަދަމުންދާ ޓްރެކްގެ އުޅަނދު ދުއްވާ ސަރަހައްދުގައި އަމިއްލަ ތަކެތީގައި ކޮންކްރީޓް ތަޅުމެއް (ތުނިވެގެން 03 އިންޗި ބޯމިނުގައި) އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ، އެ އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

  1. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި، އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
  2. މި މަސައްކަތުގެ އަންދާސީ ހިސާބާއިގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  3. އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 މާރިޗު 07 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "އޭ-ޒޯން ލައިސަންސް ޓެރެކް ތަޅުން އެޅުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 4. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަންބަރު: 6740017 އަށް ގުޅުއްވުން އެދެމެވެ.

23 ފެބުރުވަރީ 2023
ހޯދާ