ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
24000BTU ގެ 05 (ފަހެއް) އެއަރ ކޮންޑިޝަނަރ (ވޯލް މައުންޓް، އިންވާރޓަރ) ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދ.ކުޑަހުވަދޫ ކައުންސިލަށް ބޭނުންވާ، މިދަންނަވާ ބްރޭންޑު ތަކުގެ ތެރެއިން (GREE, DAIKIN, HITACHI, PENASONIC) އެއް ބްރޭންޑުގެ، 24000BTU ގެ 05 (ފަހެއް) އެއަރ ކޮންޑިޝަނަރ (ވޯލް މައުންޓް، އިންވާރޓަރ) ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

އަދި މި ބީލަމަށް ކުރިމަތިލައްވާ ފަރާތްތަކުން މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ ވޮރެންޓީ ހުށަހަޅުއްވަން ވާނެއެވެ.

ވީމާ ، މި ބީލަމުގައި ބައިވެރިވެލެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 06 މާރޗް 2023 ވާ އާދިއްތަ ދުވަހުގެ ކުރިން މި އިޢުލާންއަން ރިޢާޔަތް ކޮށް [email protected]  އަށް މީހާގެ / ކުންފުނީގެ ނަން، ރަޖިސްޓްރީނަންބަރ، އެޑްރެސް، ގްޅޭނެނަންބަރ، އީ.މެއިލް އެޑްރެސް ފޮނުވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މި މުއްދަތު ތެރޭގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ. މި މުއްދަތު ތެރޭގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީ.މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މި ބީމަލުގައި ރަޖިސްޓްރީ ކުރައްވާފަރާތްތަކުން 08 މާރޗް 2023 ވާ ބުދަ ދުވަހު 10:00 ދ.ކުޑަހުވަދޫ ކައުންސިލްގެ މީޓިން ރޫމްއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

23 ފެބުރުވަރީ 2023
ހޯދާ