މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހު ހިފުޒުކޮށް ތަރާވީޙުކުރައްވާ ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

އިޢުލާން

 

މިއިދާރާގެ އިޢުލާން ނަމްބަރު: (IUL)284-PR/284/2023/8 (15 ފެބްރުވަރީ 2023) އަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

 

  1. 1444 ވަނަ އަހަރުގެ ރަމަޟާން މަހު ހިފުޒުކޮށް ތަރާވީޙުކުރައްވާ ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ކޯޓޭޝަން ހުށައެޅުން އޮންނާނީ 2023 މާރޗް 05ވާ އާދިއްތަ ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.
  3. ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން އެފަރާތަށް އީމެއިލްކޮށްދެވޭނެއެވެ. ނުވަތަ މިއިދާރާއަށް ދުރުވުމުން އެފަރާތަކަށް ދޫކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.

23 ފެބުރުވަރީ 2023
ހޯދާ