މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ މަސްޖިދުލް އީމާން އަދި މަސްޖިދުއް ޞަފާގެ އޭސީތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

އިޢުލާން

 

މިއިދާރާގެ އިޢުލާން ނަމްބަރު: (IUL)284-PR/284/2023/9 (15 ފެބްރުވަރީ 2023) ގެޒެޓްކުރެވިފައިނުވާތީ، އެއިއުލާން ބާތިލުކޮށް އަލުން މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

 

  1. ށ. މިލަންދޫ މަސްޖިދުލް އީމާން އަދި މަސްޖިދުއް ޞަފާގެ އޭސީތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ކޯޓޭޝަން ހުށައެޅުން އޮންނާނީ 2023 މާރިޗް 05ވާ އާދިއްތަ ދުވަހުގެ 10:00ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.
  3. ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން އެފަރާތަށް އީމެއިލްކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.

23 ފެބުރުވަރީ 2023
ހޯދާ