މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ)

އިޢުލާން

ތިރީގައިމިވާ މަޤާމަށް އެއް އަހަރުދުވަހުގެ މުއްދަތަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ)

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސްރ ގްރޭޑް 1

އޮފީސް / އިދާރާ:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

މުސާރަ:

4,465.00 ރުފިޔާ

ސަރވިސް އެލެވަންސް:

1,500.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް، ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލުން ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް މޮނިޓަރކުރުމަށް ޕްލޭންކޮށް، އެ ޕްލޭނާ އެއްގޮތަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދައި ބެލެހެއްޓުން.
  2. ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުން.
  3. ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތަޢާރަޒުނުވާ ގޮތުގެމަތިން ރަށުން ބިންދޫކުރުމުގެ ކަންތައްތައް ކުރުން.
  4. ލޭންޑްޔޫސް ޕްލޭން ހެދުމަށް އެހީތެރިވެދިނުމާއި، ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  5. ކައުންސިލްގެ ދަށުގައިއޮންނަ ބިންތަކުން ދިރިއުޅުން ނޫން ބޭނުންތަކަށް ސަރުކާރުގެ އެކިފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ދޫކުރާ ބިމުގެ ރަޖިސްޓްރީތައް ހެދުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  6. އެކިއެކި ފަރާތް ފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑުތައް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެމަތިން ކުރުން.
  7. ކައުންސިލުން ޢަމަލުކުރަމުންގެންދާ ތަރައްޤީ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 5 (ފަހެއް ) މަސްދުވަހުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިޔަށްއޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ރަށު ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި، ލިބިފައިވާ ފަންނީ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދީ، ޕްލޭން ތައްޔާރުކޮށް ނިމުމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
  8. ކައުންސިލްގެ ތަރައްޤީ ޕްލޭނަށް ބިނާކޮށް ކުރިއަށްއޮންނަ އަހަރު ހިންގުމަށް ކަނޑައަޅާ ކަންތައްތަކުގެ މަސައްކަތު ތާވަލް ކައުންސިލްގެ ލަފާގެމަތިން އެކުލަވައިލައި، ހިނގަމުންދާ އަހަރުގެ ޖުލައި 15 އަށް މި އިދާރާގެ ކޯޕަރޭޓް އެފެއާޒް ޔުނިޓާ ހަވާލުކުރުން.
  9. ރަށުފެންވަރުގައި ހިންގޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުވައިދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީ ނަތީޖާއާއި، އިންޓަރވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެން، މެރިޓް އުސޫލުން.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2014 ޑިސެންބަރު 30 ވަނަ ދުވަހު 20:45 ގައި   މި އިދާރާގެ ޖަލްސާކުރާ މާލަމުގައި.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 ޑިސެންބަރު 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށް.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި ލިބޭނެއެވެ. އަދި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ) (އިންޓަރވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 ނަންބަރު ފޯނާއެވެ.

 24 ޞަފަރު 1436

16 ޑިސެންބަރު 2014
ހޯދާ