ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީ ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 9 މާރިޗް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި މި ދަންނަވާ ކަންކަމަށް ވިސްނަވައިގެން ފަރުމާކޮށް ދެއްވުމަށްފަހު ޑިޒައިންގެ ސޮފްޓްކޮޕީ ފޮނުއްވާނީ މި އިދާރާގެ [email protected] މެއިލްއަށެވެ.
އަދި ހުށަހަޅާ ޑިޒައިން ތަކުގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ޑިޒައިން ހުށަހަޅުއްވާ ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
މޮނިއުމެންޓް ފަރުމާކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް :
1. ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށެވެ. މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެއެވެ.
2. މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިންއެއް ހުށަހަޅައިގެން ނުވާނެއެވެ.
3. ޑިޒައިން ވާންވާނީ ތަފާތު ޑިޒައިން އަކަށެވެ.
4. ޑިޒައިން ހުށައަޅާއިރު އެޑިޓްކުރެވޭނެ އަސްލު ފައިލް ހުށަހަޅަންޖެހޭނެއެވެ.
5. ޑިޒައިން ހުށަހަޅާއިރު ތިން އޭންގަލް އަކުން ފެންނާނޭގޮތް ހުށަހަޅަންވާނެއެވެ.
6. މޮނިއުމެންޓް ޑިޒައިން ރޭގަނޑު ވެސް ފާޅުވާނެ ކަހަލަ ޑިޒައިނަކަށް ވާންވާނެއެވެ.
7. މޮނިއުމަންޓްގެ ލައިޓިންގ ގެ ޑީޓެއިލްސް ހިމަނަންވާނެއެވެ.
8. ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ 100% އަމިއްލަ އުފެއްދުމަކަށެވެ.
9. ހުށައަޅާ ޑިޒައިން ސިމެންތިން ނުވަތަ އެނޫންވެސް މައުދަނަކުން ބިނާކުރެވޭނެ ކަހަލަ ޑިޒައިނަކަށް ވާންވާނެއެވެ.
10. މޮނިއުމެންޓް ޑިޒައިންކުރާއިރު، މޮނިއުމެންޓްގައި ބޭނުންކުރާ ތަކެއްޗަކީ ދިގުމުއްދަތަކަށް ހަލާކުނުވެ ހުންނާނޭފަދަ ތަކެއްޗަށް ވާންވާނެއެވެ.
11. މޮނިއުމެންޓް ބިނާކުރުމަށް ބޭނުންވާނެ ކުރެހުން ހުށަހަޅަންވާނެއެވެ.
12. މޮނިއުމެންޓަކީ (40ފޫޓް)( 10× ފޫޓް) ގެ ސަރަޙައްދެއްގައި ބިނާކުރާ މޮނިއުމެންޓެއް ކަމުން މި މިންތަކަށް ފިޓްވާނޭގޮތަށް ޑިޒައިން ތަފްސީލީ މިންތަކާއިއެކު ހުށައަޅަންވާނެއެވެ. ( ކުރެހުމުގައި އިން ވަކިފައި ހުންނާނެ ގޮތްތައް ހިމަނަންވާނެއެވެ)
13. މޮނިއުމެންޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ބަނދަރު ސަރަހައްދުގައެވެ.
14. ހުށަހަޅާ މޮނިއުމެންޓުން މަޑިފުށި ރަމްޒުކޮށްދޭންވާނެއެވެ. މަޑިފުއްޓަށް ޚާއްޞަ ކަމެއް، ކަންތައްތަކެއް، ރަށުގެ ސަޤާފަތެއް ނުވަތަ ރަށުގެ މަސައްކަތްތެރިކަން ތަޞައްވުރުކޮށްދޭންވާނެއެވެ.
15. ހުށަހަޅާ ޑިޒައިންގެ ރެސޮލިއުޝަން 300dpi ނުވަތަ އެއަށްވުރެ މަތިވަންވާނެއެވެ.
16. ޑިޒައިން ރީސައިޒްކޮށް ކުޑަކުރުމުން ނުވަތަ ބޮޑުކުރުމުން އަސްލު ގެއްލިގެން ނުވާނެއެވެ.
17. މޮނިއުމެންޓް ޑިޒައިންހުށަހަޅާނީ އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއެކެވެ.
18. މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.
19. މޮނިއުމެންޓް ޑިޒައިންގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެފޮންޓް ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ.
20. މޮނިއުމެންޓްގައި " މަޑިފުށި " މި ލަފްޒު އިނގިރޭސި އަދި ދިވެހިން ލިޔެފައި އިންނަންވާނެއެވެ.
21. މޮނިއުމެންޓުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއްގެ، ތަފްސީލް ލިޔުމުން ހުށަހަޅަވާނެއެވެ.
22. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިންއަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސް ދޭން ވާނެއެވެ.
23. ޑިޒައިން އަށް ބިނާކޮށް ޑިޒައިންގައި ބޭނުންކުރާނެ ކުލަ، ޑިޒައިން ކުރާ ފަރާތުން ކަނޑައަޅަންވާނެއެވެ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ކުލައަށް ބަދަލެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިން އެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ކުލައަށް ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދޭން ވާނެއެވެ. އަދި ބޭނުންކުރި ކުލަތަކުގެ ތަފްސީލް ކުލަ ކޯޑުތަކާއި އެކު ހުށައަޅަންވާނެއެވެ.
24. މިމުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ބޭނުން ޢަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
25. އިވެލުއޭޝަން ކުރެއިޓީރިއަރ:
ޑިޒައިން ކުރުމުގައި، ދީފައިވާ މަޢޫލޫމާތުތަކަށް ރިޔާއަތްކޮށްފައިވާ މިންވަރު |
60 |
މޮނިއުމެންޓުން ރަމްޒުކޮށްދޭ ކަންތައްތައް، ރަށާއި ގުޅުންހުރި މިންވަރު އަދި ތަފްސީލް ދީފައިވާގޮތް |
40 |
26. ތިރީގައިވާ ތަކެތި ހަމައަށް ހުށަހަޅަންވާނެއެވެ.
|
މަތީގައިވާ ކަންކަމާއި އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ މޮނިއުމެންޓްގެ ޑިޒައިންތައް.. އަދި މަޢުލޫމާތާއި އިތުރު ތަފްސީލްތައް ޑިޒައިންނަށް ހުށަހަޅާ އަގު |
|
ޑިޒައިން ހުށަހަޅަނީ އަމިއްލަ ފަރުދީ ޙައިޞިއްޔަތުން ނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާރޑް ގެ ކޮޕީ. |
|
ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައިނަމަ، ރަޖިސްޓްރޭޝަންގެ ކޮޕީ. އަދި އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ އެސް.އެމް.އީ ސެޓްފިކެޓް. |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.