ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތާއި، ގޯތިތެރެ ފޮޅާ ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު

 

ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތާއި، ގޯތިތެރެ ފޮޅާ ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ދަޢުވަތު:

 މިހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލު ހިމެނޭ ސަރަޙައްދު އަމިއްލަތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗް 2023 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީ ހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއި އެކު ފޮނުއްވުން އެދެމެވެ.

 

 

 

 

 

23 ފެބުރުވަރީ 2023
ހޯދާ