މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިބެހޭ

`

 

 

 

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                             ނަމްބަރ: (IUL)331/331/2023/22

އިޢުލާން

 

މިރަށުގެ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިބެހޭ

 

                މިރަށު ބަނދަރު ސަރަހައްދުގައި މަސްފޮށްޓާއި އެންކޮށި ފަދަ ތަކެތި ބެހެއްޓުމަށް ޚާއްޞަ ކުރެވިފައިވާ ތަންތަނުގެ ބަދަލުގައި، ޖޭޓީ ސަރަހައްދުގައި ޤަވާޢިދާއި ޚިލާފަށް މަސްފޮށްޓާއި އެންކޮށިފަދަ ތަކެއްޗާއި ވެލި ބަސްތާ ތަކާއި މިނޫންވެސް އެކިބާވަތްތަކުގެ ތަކެތި ބަހައްޓަމުންދާކަން ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ.

               ވީމާ، މިގޮތުން ޤަވާޢިދާއި ޚިލާފަށް ޖެޓީ ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 7 ދުވަހުގެތެރޭގައި ޖެޓީސަރަހައްދުން ނެންގެވުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މިދެންނެވި މުއްދަތުގެ ފަހުން ޖެޓީސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކައުންސިލުން އެތަކެތި ނެގުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ވާހަކަ ދަންނަވަމެވެ.

                    02 ޝަޢުބާން 1444

                    22 ފެބްރުވަރީ 2023   

22 ފެބުރުވަރީ 2023
ހޯދާ