ދިވެހިރާއްޖެ
`
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)331/331/2023/21
އިޢުލާން
ރަށުގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިބެހޭ
ރަށުގެ މަގުތަކުގައި ބަހައްޓާފައިވާ ޖޯލިފަތި ތަކާއި ގަސްފޮޅުތަކާއި ޕޮޓްތައް އަދި މަގުމަތީގައި އިންދާފައިވާ ގަސްތަކުގެ ސަބަބުން އެންބިއުލޭންސް ދުއްވުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވުމާއި، އަދި މިރަށުގެ މަގުތަކަކީ އަމާން ރައްކާތެރި ރީތި ތަނަކަށް ހެދުމަށް ހުރިހާފަރާތްތަކެއްގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވެއެވެ. ވުމާއިއެކު، މަގުތަކުގައި ބަހައްޓާފައިވާ ޖޯލިފަތި ތަކާއި ގަސްފޮޅުތަކާއި ޕޮޓްތައް އަދި މަގުމަތީގައި އިންދާފައިވާ ގަސްތައް 2023 މާރިޗް 15 ވާ ބުދަ ދުވަހުގެ ކުރިން އެތަކެތި މަގުތަކުން ނެންގެވުމަށް އަންގަމެވެ.
އަދި ގޯތި ތެރޭގައި އިންދާފައިވާ ގަސްތައް، ހިނގާ މީހުނަށާއި ދުއްވާ އެއްޗިސަށް އުނދަގޫ ނުވާނެހެން 08 ފޫޓަށްވުރެ ތިރި ނުވާނެހެން ކޮށައި ބެލެހެއްޓުމަށާއި މަގުފާރު ރޭނުނުމުގެ މަސައްކަތް ކައުންސިލްގެ ހުއްދަ ހޯދައިގެން ކުރުމަށް އަންގަމެވެ.
ވީމާ، 2023 މާރިޗް 15 ވާ ބުދަ ދުވަހުގެ ފަހުން މަގުމަތީގައި ބަހައްޓާފައިވާ ޖޯލިފަތި ތަކާއި ގަސްފޮޅުތަކާއި ޕޮޓްތައް އަދި މަގުމަތީގައި އިންދާފައިވާ ގަސްތައް މަގުތަކުން ނެގުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކައުންސިލުން ކުރިޔަށް ގެންދާނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
02 ޝަޢުބާން 1444
22 ފެބްރުވަރީ 2023