މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މޯލްޑިވްސް ޕޮލިޓެކްނިކް ގެ މިދަންނަވާ ނަންބަރު: : 1(IUL)213-MB/1/2014/5 (28 އޮކްޓޫބަރު 2014) އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

   މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު: 01

   ރޭންކް: ޖީ.އެސް 3

   ކްލެސިފިކޭޝަން : އޮފިސަރ ގރ. 1

   މުސާރަ : -/4465 ރުފިޔާ

   ސަރވިސް އެލަވަންސް: -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

   ގިންތި: ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ ކޯސްތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކިޔަވައިދެއްވާ މުދައްރިސުންނަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުމާއި، މަރުކަޒީ އިދާރާ އަށް ކޯސްތައް ހިންގުމުގައާއި އެކިއެކި ގޮތްގޮތުން މިޕޮލިޓެކްނިކުން ފޯރުކޮށްދޭންޖެހޭ ކަންކަމުގައި މަސައްކަތައް ކުރުން. އޭގެ ތެރޭގައި:

  1. އެކިއެކި ކަންކަމުގައި އޮފީހަށް ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންނާއި އަދި އެހެނިހެން މީހުންނަށް އަވަސް ޚިދުމަތެއް ދިނުން.
  2. އެކި މާއްދާތަކުގެ ފިލާވަޅު، ޓެސްޓް ޕޭޕަރ ފޮޓޯކޮޕީ ނެގުން.
  3. އިންޑަސްޓްރިއަލް ޓްރެއިނިންގ އަށް ބޭނުންވާ އެންމެހާ ކަންތައްތައް ކުރުމާއި ދަރިވަރުންނާ ބެހޭ ސިޓީތަކަށް ޖަވާބުދިނުން.
  4. ދަރިވަރުންގެ އެޓެންޑެންސް ޝީޓުތައް ތައްޔާރުކުރުމާއި ދަރިވަރުންގެ ރިޒަލްޓުތައް އަޕްޑޭޓުކޮށް ޓްރާންސްކްރިޕްޓް ތައްޔާރުކުރުން.
  5. ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންގެ ނޯޓިސްބޯޑުތަކަށް އަރުވަންޖެހޭ އެއްޗިހި އަރުވައި އަޕްޑޭޓުކުރުމާއި ރާއްޖެތެރޭ ސެންޓަރުތަކުގެ ނޯޓިސްބޯޑަށް އަރުވަންޖެހޭ އެއްޗިހި އެ ސެންޓަރުތަކަށް ފޮނުވުން.
  6. ދަރިވަރުންގެ އެންރޯލްމަންޓާ ބެހޭ އެންމެހާ މަސައްކަތް ކުރުން.
  7. އެޑްވާންސްޑް ސްޓޭންޑިންގ ފޯމް އަދި ކްލިއަރެންސް ފޯމުތައް ބަލައިގަނެ ފުރިހަމަކުރުން.
  8. ދަރިވަރުންގެ ޓައިމްޓޭބަލް ތައްޔާރުކޮށް އަޕްޑޭޓްކުރުމާއި ދިގުމުއްދަތު އަދި ކުރުމުއްދަތުގެ ސެޓުފިކެޓުތައް ތައްޔާރުކުރުން.
  9. ޕާރޓްޓައިމް ލެކްޗަރަރއިންގެ އެޓެންޑެންސް ޝީޓް ތައްޔާރުކޮށް ބެލެހެއްޓުން.
  10. އޮފީސް ޑިއުޓީ އަދާކުރުން.

ޝަރުޠު:                        

  1. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ- މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

 

އިންޓަވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 11 އިން 15 ޖަނަވަރީ 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް  ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުން މަސައްކަތް ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތައް

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ5 ޖަނަވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

 

ނޯޓް: 

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

 

22 ޑިސެންބަރު 2014
ހޯދާ