އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ (ދާއިމީ)

ނޯޓް: މި އިޢުލާނަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 189-A/2014/4338 (ޑިސެންބަރު 16، 2014) މެސެޖުން މި ކޯޓުގެ ނަންބަރު S2C-A/2014/15  އިޢުލާނަކީ ބާޠިލް އިޢުލާނެއްގެގޮތުގައި ނިންމެވުމާ ގުޅިގެން، އެ އިޢުލާނުގެ ބަދަލުގައި ކުރާ އިޢުލާނެކެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު : 20S2C-A/2014/

ތާރީޚު:  18ޑިސެންބަރު 2014

މަޤާމް:

ކޯޓް އޮފިސަރ (މިއީ ދާއިމީ މަޤާމުތަކެކެވެ.)

ބޭނުންވާ އަދަދު:

3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:

  ޖީ.އެސް 3

އަސާސީ މުސާރަ:

މަހަކު -/4،465 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: -/1500 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން    2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި"     މި މާއްދާއިން ދަށްވެގެން"ސީ" ލިބިފައިވުން.
  2. މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ ކޯޓުން ކުރަންޖެހޭ މުޢާމަލާތްކުރުން.
  2. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ޤަވާޢިދުތަކާއި ސުލޫކު ބަހައްޓަންވީ ގޮތް ބުނެދިނުން.
  3. ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމް ފުރިހަމަކުރުން.
  4. ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓުތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.
  5. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން.
  6. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.
  7. ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރެކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.
  8. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
  9.  މި ކޯޓަށާއި އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް، ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރުން.
  10.  އެކިއެކި ޢިމާރާތްތަކާއި، ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތައްކުރަންޖެހޭ އަމުރު ތައްކުރުން.
  11. ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

 ނޯޓް:

މި މަޤާމަށް ކުރިމަތިލާ ފަރާތްތައް 10 ފަރާތަކަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތެވެ.

 

ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)   

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުކުރެވޭއިރު، ސެޓްފިކެޓްތައް އަޞްލާ އެއްގޮތްތޯ ބެލޭނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.   

- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ.

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.

ސުންގަޑި:

- 30 ޑިސެންބަރު 2014 ގެ 15:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:

ފޯނު ނަންބަރު: 6885571 ފެކްސް ނަންބަރު: 6885570    

18 ޑިސެންބަރު 2014
ހޯދާ