މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ މަސްޖިދުލް ޢަދާލާގައި ނޮވިލޯން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

(IUL)297-SM/297/2023/25ނަންބަރު

 

 

 

 

 

އިޢުލާން

 

މަސްޖިދުލް ޢަދާލާ މިސްކިތުގައި ނޮވިލޯން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

  މިރަށު މަސްޖިދުލް ޢަދާލާ މިސްކިތުގައި އެޅުމަށް ނޮވިލޯން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު 1 މާރޗް 2023 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްކުރެވިފައިވާތީ، އިތުރު ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ. ވީމާ، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

މިއިއުލާނާއި ގުޅިގެން މިއިދާރާގެ ނަންބަރު: (IUL)297-SM/297/2023/18  އިއުލާނަށް އިޖާބަދީ ހުށަހަޅުއްވާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

15%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

ތަޖުރިބާ

5%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

20 ފެބްރުވަރީ 2023

20 ފެބުރުވަރީ 2023
ހޯދާ