މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

އިޢުލާން

 

ރައްޔިތުންނާއި ބައްދަލުކުރުން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ފެބުރުވަރީމަހު އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުމަށް ވާދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުން އޮންނާނީ 2023 ފެބުރުއަރީ 28 ވާ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ރ.ވާދޫ ޒުވާނުންގެ މަރުކަޒުގައެވެ.

މިޖަލްސާގައި ކައުންސިލްގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، 2022 ވަނަ އަހަރުގެ މާލީ ރިޕޯޓްތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ މިބައްދަލުވުމުގައި ރަށުގެ ދެޖިންސްގެ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެލެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.

29 ރަޖަބު 1444

20 ފެބުރުވަރީ 2023
ހޯދާ