ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ކޯޓުގެ އައު ޢިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުން ނަގާ ރުއްތަކާއި ގަސްތައް ނީލަން ކިޔުން:

މިކޯޓްގެ އައު ޢިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުން ނަގާ 9 ރުކާއި 3 ގަސް، ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ނީލަމުން ތަކެތި ނަގާ ފަރާތްތަކުން، ރުއްތަކާއި ގަސްތައް ބިމުން ނަގައި ވައްޓާލުމުގެ އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރުކުގެ ހުރިހާ ބައިތަކާއި ގަސްތަކުގެ ހުރިހާ ބައިތައް އެ ސަރަޙައްދުން ނަގައި، ތަން ސާފުކުރުމަކީ ނީލަމުން ނަގާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން ނީލަން ކިޔާ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ރުއްތަކާއި ގަސްތަކުގެ ކުނިބުނި އެތަނުން ނަގައި އެ ސަރަޙައްދު ސާފުކުރަންވާނެއެވެ. އަދި ނީލަމުން ތަކެތި ނަގާ ފަރާތްތަކުން ރަސްމީ 3 ދުވަހުގެ ތެރޭގައި އެތަކެތީގެ އަގު މި ކޯޓަށް ދައްކަންވާނެއެވެ.

މި ރުއްތަކާއި ގަސްތައް ނީލަން ކިޔުން އޮންނާނީ 24 ފެބްރުއަރީ 2023 ވާ ހުކުރު ދުވަހު މެންދުރުފަހު 14:00 ގައި، މި ކޯޓުގެ އައު ޢިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުގެ ސަރަޙައްދުގައެވެ. ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ފެބުރުވަރީ 2023
ހޯދާ