މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓުގެ ވަގުތީ އަމުރަކާގުޅިގެން ގޯތިދޫކުރުމުގެ ކަންކަން މަޑުޖައްސާލުން

ބ ގޮއިދޫއިން ބަންޑާރަ ގޯތި ދޫކުރުން 2023

       ބ. ގޮއިދޫ އިން ބަންޑާރަ ގޯތި ދޫކުރުމަށް ފުރުސަތު ހުޅުވާލައި މި ކައުންސިލުން ކުރި އިޢުލާން ނަމްބަރ: (IUL)325-MS/325/2022/27 ( 25 މެއި 2022 ) އާއި ގުޅިގެން ބ ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޝަރީޔަތުން ވަކި ގޮތެއް ނިމެންދެން  އިތުރަށް އެއްވެސް މަސައްކަތެއް ނުކުރުމަށް ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރ: F16C-A/2023/01 މިއަދު (20 ފެބްރުއަރީ 2023 ) ގެ 09.35 ގައި ނެރުއްވި ކޯޓް އަމުރަކާއި ގުޅިގެން މިއަދު ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ޤުރުވަތުލުމަށް ބާއްވަން ހަމަޖައްސާފައިވާ ދެ ބައްދަލުވުން ކުރިޔަށް ނުގެންގޮސް ކޯޓް އަމުރާއި އެއްގޮތަށް މަޑުޖައްސާލި  ވާހަކަ ދަންނަވަމެވެ.

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          20 ފެބްރުއަރީ 2023  

20 ފެބުރުވަރީ 2023
ހޯދާ