ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެޓަރ އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު

ފެލިދެއަތޮޅުގައި ތިމާވެށީގެ ގޮތުން ޚާއްޞަ ތަންތަން ޚިމާޔަތްކުރުމަށް އެކުލަވާލާ "މެނޭޖްމަންޓް ޕްލޭން" އެކުލަވާލުން 

  1. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަމްބަރ 39/4) ގެ ދަށުން ފެލިދެއަތޮޅު ނިސްބަތްވާ އިދާރީ ދާއިރާގެ ސަރަހައްދުގައި، ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް ބެލެހެއްޓުމަށް، "ޤުދުރަތީ  ނުވަތަ ޠަބީއީގޮތުން ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ޤަވާއިދު" (ނަންބަރު  78-2018( ދަށުން އެކުލަވާލެވޭ "ޙިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާބެހޭ މެނޭޖްމެންޓް ޕްލޭން" ތައްޔާރުކުރުމާއި، މި މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރުމުގައި ފަންނީގޮތުން ލަފާދީ އެހީތެރިވެދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ބޭނުންވެއެވެ.

 

  2. ފެލިދެއަތޮޅު ނިސްބަތްވާ އިދާރީ ދާއިރާގެ ސަރަހައްދުގައި، ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް ބެލެހެއްޓުމަށް، އެކުލަވާލެވޭ "ޙިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާބެހޭ މެނޭޖްމެންޓް ޕްލޭން" ތައްޔާރުކޮށް، މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރުމުގައި ފަންނީގޮތުން ލަފާދީ އެހީތެރިވެދިނުމަށް ޝަޢުޤުވެރިކަން ހުރި ފަރާތެއް ހޯދުމަށް "ލެޓަރ އޮފް އިންޓަރެސްޓް" ފޮނުވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

  3. މި މަސައްކަތަށް ޝަޢުވެރިފަރާތެއް ހޯދުމަށް މި ކައުންސިލުން ހުށަހަޅަނީ މި މަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށް އާއްމުކޮށް އިޢްލާންކުރުމުން؛ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއި ފެލިދެއަތޮޅު އަތޮޅު ކައުންސިލް ބައިވެރިވެގެން ހިންގޭ އިޖުތިމާޢީ ޒިންމާގެ ޚަރަކާތެއްގެ ގޮތުގައި ކުރުމަށެވެ.

 

  4. "ލެޓަރ އޮފް އިންޓަރެސްޓް" ލިޔުން އީމެއިލް މެދުވެރިކޮށް ނުވަތަ ޕްރިންޓް ޑޮކިއުމަންޓް ގެ ގޮތުގައިވެސް މި ކައުންސިލަށް ހުށަހެޅިދާނެއެވެ.

 

   5. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ލެޓަރ އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

 

6. މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދަންނަވަމެވެ.

 

          އިތުރު މަޢުލޫމާތު: 

          ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

          ފޯން: +960-6700502، ވައިބަރ: +960-7949275  ، އީމެއިލް: [email protected] 

20 ފެބުރުވަރީ 2023
ހޯދާ