މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތަށް އަމިއްލަ ތަކެތީގައި 14 އޭ.ސީ ސަޕްލައިކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތަށް އަމިއްލަ ތަކެތީގައި އެއަރކޮންޑިޝަން ހަރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އަމިއްލަ ތަކެތީގައި އޭސީ ގަނެ، ހަރުކޮއްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުމަށް ނަންނޯޓް ކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން:

2023 ފެބްރުއަރީ 19 އިން

2023 ފެބްރުއަރީ 26 ގެ 13:00 ގެ ކުރިން

ފޯމް ލިންކް: shorturl.at/klIPZ

ރަޖިސްޓަރ ވުމަށް ދުރުވާނީ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00

މައުލޫމާތު ސާފުކުރުން:

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑް ހުށަހެޅުން:

2023 ފެބްރުއަރީ 28 (އަންގާރަ) 13:00

މ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ދަސްވަނި މާލަން

       

ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ މ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ދަސްވަނި މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 ފެބުރުވަރީ 2023
ހޯދާ