ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބްރުއަރީ މަހުގެ ރައްޔިތުންގެ ޢާންމު ބައްދަލުވުން

އިޢުލާން

ފެބްރުއަރީ މަހުގެ ރައްޔިތުންގެ ޢާންމު ބައްދަލުވުމާއި ގުޅޭ  

           ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން، 2023 ފެބްރުއަރީ 26 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ތުރާކުނު ސްކޫލްގެ އޭވީ ރޫމްގައި އޮންނާނެއެވެ.

ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ބައްދަލުވުމުގެ އެޖެންޑާ:

  1. 2022 ވަނަ އަހަރުގެ ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުން
  2. 2022 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހެޅުން
  3. 2023 ވަނަ އަހަރުގެ ބަޖެޓު އަދި މަސައްކަތު ތާވަލު ޙިއްސާކުރުން

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ފެބުރުވަރީ 2023
ހޯދާ