އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އދ. ދިއްދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ގައި ހުށަހެޅުނު ޝަކުވާ

(IUL)38-CB/38/2023/72:ނަންބަރު                                               

އިޢުލާން 

އދ. ދިއްދޫ ކައުންސިލް ރައީސްއިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް

 ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ގައި ހުށަހެޅުނު ޝަކުވާ 

2023 މާރިޗު 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ދިއްދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާއަށް ބަލައި، ގެނެވުނު ބަދަލު ޢާންމު ކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު(http://www.gazette.gov.mv)  އާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ވަނީ ޢާންމު ކުރެވިފައެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2023 ފެބްރުވަރީ 19 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2023 ފެބްރުވަރީ 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް މި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ،  [email protected] އަށް ފޯމު ފޮނުވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

19 ފެބުރުވަރީ 2023
ހޯދާ