މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-373975

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ

ށ.ކަނޑިތީމު

މުސާރަ:

4،465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1،500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް: 700.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް ގޮތުގައި -/1100 ރުފިޔާ

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް ހަމަޖައްސައި ދެވޭނެ އެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އިތުރުގަޑީގެ މަސައްކަތްތައް

 ކޮންމެ މީލާދީ މަހެއްގެ 19ވަނަ ދުވަހުގެ ކުރިން ވޭތުވެދިޔަ މަހުގެ 16 އިން ހިނގާމަހުގެ 15ގެ ނިޔަލަށް މުވައްޒަފުންގެ އިތުރުގަޑީ ރިޕޯޓް ފުރިހަމަކޮށް ނިންމައި މުސާރަ ހައްދަވާ މުވައްޒަފާއި ޙަވާލުކުރުން.
 އިތުރުގަޑީ މަސައްކަތްކުރުމުގެ ހުއްދަދޭ ފޮތް ފުރިހަމަކޮށް އަޕްޑޭޓްކުރުން.ކައުންސިލްގެ 6 މަހުގެ ރިޕޯޓާއިގުޅޭ މަސައްކަތްތައް ކުރުން.

 2 - ޕީއޭއާއިގުޅޭ އެންމެހައި މަސައްކަތައް ކުރުން
 އިދާރާގެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާގޮތުގެ ފެންވަރުބެލުމުގެ ގޮތުން ކޮމިޝަންގެ އުސޫލާ އެއްގޮތަށް ކަނޑައެޅިފައިވާ ތާރީޚްތަކަށް ފެންވަރު ވަޒަންކުރުމުގެ މަސައްކައްކަތް ކުރިޔައް ގެންދިޔުމަށް ސުޕަވައިޒަރުންނަށް އެހީތެރިވެދީ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ރަނގަޅަށް ކުރެވެމުންދާކަން ކަށަވަރުކުރުން.

 3-  މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ކުރުން
ކޮންމެ މީލާދީ މަހެއްގެ 19ގެ ކުރިން މުވައްޒަފުންގެ ގަޑީލާރި ރިޕޯޓު ފުރިހަމަކޮށް ރިޕޯޓުގެ ކޮޕީ މުސާރަ ހައްދަވާ މުވައްޒަފާއި ޙަވާލުކުރުން.
 ކޮންމެ މީލާދީ މަހެއްގެ 19ގެ ކުރިން މުވައްޒަފުންގެ ޙާޟިރީ ރިޕޯޓު ފުރިހަމަކޮށް ރިޕޯޓުގެ ކޮޕީ މުސާރަ ހައްދަވާ މުވައްޒަފާއި ޙަވާލުކުރުން.
 ކޮންމެ މީލާދީ މަހެއްގެ 10ގެ ކުރިން ވޭތުވެދިޔަ މަހު މުވައްޒަފުންގެ ހާޟިރީ ރިޕޯޓް ފުރިހަމަކޮށް ނިންމައި އަތޮޅު ކައުންސިލަށް ފޮނުވުން. ރިޕޯޓްތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

 4 - އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުން މަސައްކަތްކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި މަސައްކަތުގެ ރޫހު ދިރުވުމުގެ ޕްރޮގްރާމުތައް ހިންގުމާއި އެކުވެރި، އިންސާފުވެރި މަސައްކަތުގެ މާޙައުލެއް ގާއިމުކުރުން.

 5 - މުސާރަ ތައްޔާރުކުރުމާއި ދޫކުރުމާއިގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
 ކޮންމެ މީލާދީ މަހެއްގެ 21ވަނަ ދުވަހުގެ ކުރިން މުސާރަ ޝީޓް ފުރިހަކޮށް ނިންމުން.
 ކޮންމެ މީލާދީ މަހެއްގެ ރަސްމީ ބަންދު ނޫން އެންމެ ފަހު ދެވަނަ ދުވަހު މުސާރަ ދޫކުރެވޭ މިންވަރަށް މުސާރައިގެ އެންމެހައި މަސައްކަތްތައް ފުރިހަކޮށް ނިންމުން.
. މުސާރަ ޙަވާލުކުރުމުގެ ކުރިން މުސާރަ ފައިސާގެ ސްލިޕް މުވައްޒަފުންނާއި ޙަވާލުކުރުން

 6 - ހިއުމަން ރިސޯސްގެ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދާހަމަކޮށް  ބެލެ ހެއްޓުން.

 7 - އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުންގެ ތެރެއިން، ވަޒީފާއާބެހޭގޮތުން ލިޔުން ހޯދުމަށް އެދޭ ފަރާތްތަކަށް އެ ފަދަ ލިޔުންތައް ދޭނެ އުސޫލުތައް އެކުލަވާލައި، އެ އުސޫލުތަކާ އެއްގޮތަށް އެ ފަދަ ލިޔުންތައް ދިނުމުގެ މަސައްކަތްކުރުން.

 8 - މުވައްޒަފުންގެ ޓްރެއިނިންގެ ނީޑްސްތައް ދެނެ ގަނެ, ސެކެއްޓަރީ ޖެނެރަލްގެ ލަފާގެ މަތިން މުވައްޒަފުންގެ ޓްރެއިނިންތައް އިންތިޟާމުކުރުން. އަދި އެހެން މުއައްސަސާތަކުން ގެންދާ ޓްރެއިނިންތަކުގައި ކައުންސިލުގެ ފޯކަލް ޕޮއިންޓެއްގޮތަށް މަސައްކަތްކުރުން.

 9 - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 10 - މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ކުރުން
ކޮންމެ މީލާދީ މަހެއްގެ 19ގެ ކުރިން މުވައްޒަފުންގެ ގަޑީލާރި ރިޕޯޓް ފުރިހަމަކޮށް ރިޕޯޓްގެ ކޮޕީ މުސާރަ ހައްދަވާ މުވައްޒަފާއި ޙަވާލުކުރުން.
 ކޮންމެ މީލާދީ މަހެއްގެ 19ގެ ކުރިން މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ފުރިހަމަކޮށް ރިޕޯޓްގެ ކޮޕީ މުސާރަ ހައްދަވާ މުވައްޒަފާއި ޙަވާލުކުރުން.
 ކޮންމެ މީލާދީ މަހެއްގެ 10ގެ ކުރިން ވޭތުވެދިޔަ މަހު މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ފުރިހަމަކޮށް ނިންމާ އަތޮޅު ކައުންސިލަށް ފޮނުވުން. ރިޕޯޓްތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

 11 - ކައުންސިލާއި މިސްކިތު މުވައްޒަފުންގެ ޗުއްޓީއާއި ސަލާމާއިބެހޭ ކަންކަން ބެލެހެއްޓުން.
 ޗުއްޓީ ޗިޓުހެދުމާއި ސަލާމާއި ޗުއްޓީގެ ރިކޯޓް އަޕްޑޭޓްކޯށް ބެލެހެއްޓުން.
 ރިކޯޑްފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 12- ހިއުމަން ރިސޯސް މެނޭޖުމަންޓް ކޮމިޓީއާއިގުޅޭ އެންމެހައި މަސައްކަތްތައް ކުރުން
 ކޮމިޓީއަށް ދެންނެވުމާއި ބައްދަލުވުން އިންތިޒާމުކުރުމާއި ނިންމުންތަކާއި ޔައުމިއްޔާ އަދި މިނޫންވެސް ކޮމިޓީގެ ލިޔެކިޔުންތައް ލިޔުމާއި ފުރިހަމަކޮށް ފައިލްކޮށް ބެލެހެއްޓުން.

 13- ސީ.އެސް ވިއުގައާއި ގުޅޭ މަސައްކަތްތައް
 މުވައްޒަފުން ލެއްވުމާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
 މުވައްޒަފުން ވަކިކުރުމާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއިގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

 14 - ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންފީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

 15 - އެހެނިހެން މަސައްކަތްތައް
 - ޙަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމުގެ އިތުރުން އެއްވެސް ސަބަބެއް މެދުވެރިވެގެން އެހެން މުވައްޒަފެއް އޮފީހަށް ޙާޟިރުނުވާނަމަ ޙާޟިރުނުވާ މުވައްޒަފަކާ ޙަވާލުކުރެވިފައިވާ މަސައްކަތެއް، ވަގުތީގޮތުން ޙަވާލުކުރައްވައިފިނަމަ އެކަމެއް ކުރުމުގެ އިތުރުން ރަށާއި ތަރައްޤީއާއި ކުރިއެރުމަށް ކަމާބެހޭ އެކި އެކި ދާއިރާތަކުން އަންގަވައިގެން ކުރުމަށް އިދާރާއިން ޙަވާލުކުރެވޭ މަސައްކަތް ތަކާއިގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި އިދާރާގެ އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖުމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން %30
  2. ޝަރުތު ހަމަވުމަށްބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ %5
  3. ތަޖުރިބާ %5
  4. އިމްތިޙާނު %25
  5. އިންޓަރވިއު %35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މާރިޗު 2023 ގެ 13:30 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، 07  މާރިޗު 2023 އާއި 12 މާރިޗު 2023 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540041 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

28 ރަޖަބު   1444

19 ފެބްރުއަރީ 2023

19 ފެބުރުވަރީ 2023
ހޯދާ