ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ސައި ކޮޓަރި އާއި ގުދަން އިމާރާތްކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލްގެ ސައި ކޮޓަރިއާއި ގުދަން އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން މިކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

28 ފެބުރުވަރީ 2023 (އަންގާރަ) / ގަޑި 13:15

09 މާރޗް 2023 (އާދިއްތަ) / ގަޑި 13:15

 

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2023
ހޯދާ