ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ހޯލުތަކަށް ގޮނޑި އާއި ޑެސްކް ގެންގޮސް އެތުރުމާއި ، ގެނެސްދީ ގުދަންކޮށް ބެހެއްޓުމާއި އަދި އެހެނިހެންވެސް ތަކެތި އުފުލާ ގެންގޮސް ގެނެސް ބަހައްޓާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ހޯލުތަކަށް ގޮނޑި އާއި ޑެސްކް ގެންގޮސް އެތުރުމާއި ، ގެނެސްދީ ގުދަންކޮށް ބެހެއްޓުމާއި އަދި އެހެނިހެންވެސް ތަކެތި އުފުލާ ގެންގޮސް ގެނެސް ބަހައްޓާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

  1. މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތައް އަދި އެކިއެކި ބައްދަލުވުންތައް ފަދަ ކަންކަމާއި ގުޅިގެން ހޯލުތަކަށް ގޮނޑިއާއި ޑެސްކް ގެންގޮސް އެތުރުމާއި ގެނައުމާއި އަދި ފޮށިފަދަ ތަކެތި ގެންގޮސް ގެނައުމަށް އުފުލާ ބޭލުމާއި ތަންތަނުގައި ބަހައްޓައި އަތުރާ ތަރުތީބު ކުރުމަށާއި މަސައްކަތު މީހުންގެ ޚިދުމަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަމްބަރު (IUL)120-D/1/2023/13ގައި މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން 2023 ފެބްރުއަރީ 26ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ފެބުރުވަރީ 28 ވަނަ ދުވަހުގެ12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗް 10ވާ ބުދަ ދުވަހުގެ 10:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7533006 /4003966އިންލިބިވަޑައިގަންނަވާނެއެވެ.

 

  28 ރަޖަބް 1444

  19 ފެބުރުވަރީ 2023

19 ފެބުރުވަރީ 2023
ހޯދާ