މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ކައުންސިލް އުދާރާ މުވައްޒަފުންގެ ތަޖުރިބާ ދަތުރަށް ލޯންޗު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން.

ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

 

 

 

  1. މިއިދާރާގެ މުވައްޒަފުން ކުރުމަށް ހަމަޖެހިފައިވާ ތަޖުރިބާ ދަތުރަށް ލޯންޗު ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ކޯޓޭޝަން ހުށައެޅުން އޮންނާނީ 2023 ފެބްރުވަރީ 23ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.
  3. ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން އެފަރާތަށް އީމެއިލްކޮށްދެވޭނެއެވެ.

 

  1. އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.
19 ފެބުރުވަރީ 2023
ހޯދާ