އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫ ދެކުނުފަރާތާއި އުތުރުފަރާތު އަތިރި މަތީގައި ގެސްޓްބީޗްގެ ގޮތުގައި ތަރައްޤީކޮށްފައިވާ 2 (ދޭއް) ދެސަރަހައްދު ކުނިކަހާސާފުކޮށް ބަލަހައްޓައި ދިނުމުގެ މަސައްކަތް

ބީލަމުގެ ނަން:

އއ.ތޮއްޑޫ ދެކުނުފަރާތާއި އުތުރުފަރާތު އަތިރި މަތީގައި ގެސްޓްބީޗްގެ ގޮތުގައި ތަރައްޤީކޮށްފައިވާ 2 (ދޭއް) ސަރަހައްދު ކުނިކަހާސާފުކޮށް ބަލަހައްޓައިދިނުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު:

(PROJ)339/2023/5

އިޢުލާނު ނަންބަރު:

(IUL)339-CAA/339/2023/28

އިޢުލާނުގެ ވަނަ:

1 ވަނަ

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2023 ފެބުރުވަރީ 26 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި  [email protected]  މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުވާއްވާނެއެވެ.

ބީލަން ހުޅުވުން

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ފެބުރުވަރީ 27 ވާ ހޯމަ ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި "އއ.ތޮއްޑޫ ދެކުނުފަރާތާއި އުތުރުފަރާތު އަތިރި މަތީގައި ގެސްޓްބީޗްގެ ގޮތުގައި ތަރައްޤީކޮށްފައިވާ 2 (ދޭއް) ސަރަހައްދު ކުނިކަހާސާފުކޮށް ބަލަހައްޓައިދިނުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެ އެވެ.

އިތުރު މަޢުލޫމާތު

މި ބީލަމާގުޅޭ މަޢުލުމާތު ހޯދުމަށް ގުޅުއްވާނީ 9636345 މިނަންބަރު ފޯނަށެވެ.

18 ފެބުރުވަރީ 2023
ހޯދާ