ހިމަންދޫ ސްކޫލް، އ.އ. ހިމަންދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފެހުމާއި ގުޅޭ

އެކްޓިވިޓީ ޔުނީފޯމް ފެހުމާއި ގުޅޭ

މިސްކޫލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ،2023ވަނަ އަހަރަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށައެޅުމުގެ ޝައުގުވެރިވެލައްވާ ފަރާތްތަކުން އއ. ހިމަންދޫ ސްކޫލަށް ރަޖިސްޓަރ ކުރަންވާނެއެވެ.

ބީލަން ރަޖިސްޓްރީ ކުރުމަށް އިޢުލާން ކުރެވޭ ދުވަހުން ފެށިގެން  23  ފެބްރުއަރީ 2023  އާއި ދެމެދު ތިރީގައިމިވާ ލިންކް މެދުވެރިކޮށް ފޮނުވުމަށް އެދެމެވެ. މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ.

ލިންކް: https://forms.gle/z7WcDFhZ8WtkjrNLA

ރެޖިސްޓަރ ކުރުމަށް ލިންކްގައިވާ ފޯމް ފޮނުވުމަށްފަހު މިސްކޫލް ނަންބަރ 6660842 ނުވަތަ 9910584 އަށް ގުޅުއްވާ ކަށަވަރުކުރުން އެދެމެވެ.

ޕްރީބިޑް ބައްދަލުވުން

މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 26 ފެބްރުއަރީ 2023 ވާ (އާދީއްތަ) ދުވަހު ގެ 11:00ގައި ހިމަންދޫ ސްކޫލްގައެވެ.

ބިޑް ހުށައެޅުން

މިމަސައްކަތުގެ ބިޑު ހުށައެޅުން އޮންނާނީ 2 މާރޗް 2023 ވާ (ބުރާސްފަތި) ދުވަހުގެ 13:00ގައި ހިމަންދޫ ސްކޫލްގައެވެ. މިގަޑީގެ ފަހުން ހުށައަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެއެވެ. ގަޑިޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތަކަށާއި ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެއެވެ.

އިތުރު މައުލޫމާތު ސާފުކުރުން

އިތުރު މައުލޫމާތު ސާފުކުރުމަށް 27 ފެބަރުއަރީ 2023 ވާ (ހޯމަ) ދުވަހުގެ ކުރިން ތިރީގައިވާ އީމެއިލްއަށް ފޮނުއްވުމަށް އެދެމެވެ. [email protected]

16 ފެބުރުވަރީ 2023
ހޯދާ