މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަކާއި ބަނބުކެޔޮ ގަސްތައް ކުއްޔައް ދޫކުރުމާއި ގުޅޭ

އިޢުލާން


ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަކާއި ބަނބުކެޔޮ ގަސްތައް ކުއްޔަށް ދޫކުރުމާއި ގުޅޭ

         ހެނބަދޫ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި މިރަށުގައި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަކާއި ބަނބުކެޔޮ ގަސްތައް 

މަހަކު 1500 (ފަނަރަ ސަތޭކަ) ރުފިޔާ އަށް ވުރެ ކުޑަނޫން އަގަކަށް 1 (އެކެއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ 

ނިންމާފައެވެ. 

         ވީމާ، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިސްވެ ދެންނެވުނު ރުއްގަސްތައް ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން،

28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30 މި އިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ، އިތުރު މަޢުލޫމާތު 

ބޭނުންފުޅުވާނަމަ، 7531753 ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް އަޙްމަދު ރަޝީދު އާއި ގުޅުއްވުން އެދެމެވެ. 

         މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

         25 ރަޖަބު 1444

         16 ފެބުރުއަރީ 2023

 

 

16 ފެބުރުވަރީ 2023
ހޯދާ