ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ.އައި.އޭ ކޮންސަލްޓެންޓެއް ހޯދުމާބެހޭ

ކ.ތިލަފުށީގެ ދެކުނު ފަރާތު ފަރުގެ ސަރަޙައްދުން ޕާރމަނެންޓް ސޭންޑް ބަރޯ ސައިޓެއް ޤާއިމު ކުރުމަށްޓަކައި އީ.އައި.އޭ އެއް ހަދައި، އެއާގުޅޭ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ލައިސަންސް އީ.އައި.އޭ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަރުޠު ފުރިހަމަވާ އެންމެހާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ޕްރީބިޑް، އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

30 ޑިސެންބަރު 2014

10:30 ގައި

ޕްރޮޕޯޒަލް ހުށަހެޅުން އަދި ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ހޯމަ

05 ޖަނަވަރީ 2015

10:30 ގައި

  • ޕްރޮޕޯޒަލް ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅަނީ އީ.އައި.އޭ ލައިސަންސް ލިބިފައިވާ އަމިއްލަ ފަރުދެއްނަމަ އެފަރާތުގެ ފުރިހަމަ ވަނަވަރު ހިމަނަންވާނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ޕްރީބިޑްގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

30 ޞަފަރު 1436

22 ޑިސެންބަރު 2014
ހޯދާ