ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 ސީނިއަރ ޓެންޑަރިންގ އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ ގްރޭޑް 1

މުސާރަ:

 މަހަކު -/7000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-  އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2800

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު ޕްރޮކިއުމަންޓް / ޓެންޑަރިންގ ދާއިރާއިން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއި އެކު ޕްރޮކިއުމަންޓް / ޓެންޑަރިން ދާއިރާއިން 4-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 ބީލަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.

ބީލަމުގެ ލިޔެކިޔުންތައް ތައްޔާރުކުރުން.

އެހެން ޑިޕާޓްމަންޓްތަކުން ޕީ.އާރުއާ ގުޅިގެން ކުރާ ރިކުއެސްޓަތައް ބަލައިގަނެ އެކަމާއި ގުޅިގެން ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފައިވާކަން ކަށަވަރުކުރުން.

ސްޓޭންޑަރޑައިޒްޑް ބީލަން ޓެމްޕްލޭޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުން.

ސްޓޭންޑަރޑައިޒްޑް ޓެންޑަރ ޑޮކިއުމަންޓް ޓެމްޕްލޭޓާ އެއްގޮތަށް ޚާއްޞަ އަދި ޓެކްނިކަލް ޕަރޗޭސް އަށް ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން.

ޓެންޑަރ ސްޓޭޓަސް ރިޕޯޓް ތައްޔާރުކުރަންޖެހޭ ގޮތަށް ތައްޔާރުކުރުކޮށް ބެލެހެއްޓުން.

ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ބީލަންތައް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން

ބިޑް އަދި ބީލަން ސްޓްރެޓެޖީތައް އެކުލަވާލުން.

ޓެންޑަރ ޑޮކިއުމަންޓް ޕެކޭޖް ތައްޔާރުކޮށް، ބޭނުންވާ އެޕްރޫވަލްތައް ހޯދުމުގައި ކޯޑިނޭޓްކުރުން.

ޝަރުތު ހަމަވާ ވެންޑަރުންގެ ލިސްޓެއް ބެލެހެއްޓުމާއި، ބީލަމުގެ ސުންގަޑިތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުން.

ބީލަމާއި ގުޅޭ މެނޭޖްމަންޓުން ފާސްކޮށްފައިވާ ތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން

ބިޑް ހުޅުވުމާއި އެވޯޑްކުރުމާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން

ސަޕްލަޔަރގެ ބިލްތަކާއި ބިޑްތަކާއި ޕާޗޭސް އޯޑަރުތައް އަޅާކިޔައިގެން އޭގެ ޞައްޙަކަން ޔަޤީންކުރުން.

ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ސެކްރެޓޭރިއަޓް މަސައްކަތް ކުރުން.  

އަހަރު ދުވަހުގެ ޕްރޮކިއުމަންޓް ބަޖެޓް އެކުލަވާލުމުގައި އެހީތެރިވުން.

 

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 23 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ / މާރޗް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ރަޖަބު 1444 

16 ފެބުރުވަރީ 2023
ހޯދާ