މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ސީނިއަރ ރިސާރޗް އޮފިސަރ                             ބޭނުންވާ އަދަދު: 1

މުސާރަ

މަހަކު -/7035

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން

މާލެ

މަޤާމުގެ ޝަރުޠު

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މެރިން ރިސާރޗް ސެންޓަރުން ކުރިޔަށްގެންދާ ފަރުތަކާބެހޭ ދިރާސާ (ކޮރަލްރީފް ރިސާރޗް) ޕްރޮގުރާމު، ރާވައި، ހިންގައި އަދި އަދި ޕްރޮގުރާމު ކުރިއެރުވުން.
  • ދިވެހިރާއްޖޭގައި ހިންގޭ ކޮރަލްރީފް ރިސާރޗް އަދި މޮނިޓަރިންގ ޕްރޮގުރާމުތައް ބައްޓަން ކުރުން. ޕްރޮގުރާމު ޑިފައިންކޮށް، ޕްރޮގުރާމުތަކުގެ އަމާޒާއި މަޤްޞަދުތަށް ކަނޑައަޅައި ކަރުދާސްކުރުން.
  • ކޮރަލްރީފް ރިސާރޗް ޕްރޮގުރާމުގެ ދަށުން ކުރެވޭ އެކި މަސައްކަތްތަކުގެ ނަތީޖާ ޢާއްމުކުރުން އަދި ސަރުކާރުގެ ޕޮލިސީއާއި ގުޅުން ހުރި ނަތީޖާ މެއިންސްޓްރީމް ކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޔުނިޓުގައި މަސައްކަތް ކުރާ މުވައްޒަފުން ޔުނިޓުގައި ކުރަންޖެހޭ މަސައްކަތަށް އަހުލުވެރިކުރުން. ޔުނިޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައް ކަނޑައަޅާ އުޞޫލުގެ މަތިން ގަވާއިދުން ކުރުން. އަދި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ކަނޑައަޅައި އެކަން ކުރުވުމަށް ބާރުއެޅުން.
  • އަހަރު ތެރޭގައި ހިންގަން ރޭވިފައިވާ ހަރަކާތްތަކުގެ ކުއާރޓަލީ ޕްރޮގްރެސް ރިޕޯޓު ހަމަޖެހިފައިވާ އުޞޫލުގެ މަތިން ގަވާއިދުން ތައްޔާރުކުރުން
  • ކޮރަލް ރީފް ރިސާރޗް ޕްރޮގުރާމު ފުޅާކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުން. އަދި ބޭރުގެ ފަރާތްތަކާއި ގުޅިގެން އެފަރާތްތަކުން ފަންޑުކޮށްގެން ހިންގޭ ޕްރޮގުރާމުތައް އިތުރުކުރުމަށް މަސައްކަތް ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު އަދި ތަޖުރިބާ

- ކޮރަލް ރީފް އަދި މެރިންސައިންސް ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރި މިންވަރު   

މަޤާމު: ސީނިއަރ ރިސާރޗް އޮފިސަރ                   ބޭނުންވާ އަދަދު: 1              

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ  

މަސައްކަތް ކުރަންޖެހޭ ތަން

މާލެ/ 

މަޤާމުގެ ޝަރުޠު

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފަރުމަސްވެރިކަމުގެ ދިރާސާތަކުން އެއްކުރާ މަޢުލޫމާތު ކޮމްޕައިލްކޮށް އެނަލައިޒް ކުރުން.
  • ކޮރަލްރީފް ރިސާރޗް ޔުނިޓުގެ ފީލްޑް ޕްރޮގުރާމުތައް ހިންގުމަށް ބޭނުންވާ މަސައްކަތްތަކުގައި އެހީތެރިވެ، ޢަމަލީގޮތުން ބައިވެރުވުން.
  • ފަރުމަސްވެރިކަމާ ބެހޭ ރިސާރޗް ޔުނިޓުން ތައްޔާރުކުރާ ދިރާސާ ރިޕޯޓުތަކާއި ޓެކްނިކަލް ރިޕޯޓުތައް ތައްޔާރު ކުރުމުގައި ބައިވެރިވުން
  • ފަރުމަސްވެރިކަމާ ބެހޭ ރިސާރޗް ޔުނިޓްގެ އިދާރީ މަސައްކަތްތައް ކުރުމާއި ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި، ވެބްސައިޓްގައި ޝާއިޢު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުން
  • ފަރުމަސްވެރިކަމުގެ ދިރާސާ ޕްރޮގުރާމުތައް ހިންގުމަށް ބޭނުންވާ ތަމްރީނާއި ސެމިނަރތައް ރާވައި ހިންގުމުގައި އެހީތެރިވުން
  • ފަރާއި ކަނޑުގެ މާޙައުލާއި ގުޅޭ ދިރާސާ ޕްރޮގުރާމުތަކުގެ މަޢުލޫމާތު މުޠާލިޢާކޮށް ޢާއްމުންނަށް ފޯރުކޮށް ދިނުމުގައި އެހީތެރިވެ ދިނުން.
  • ސެންޓަރުން ހިންގާ އެހެނިހެން ޕްރޮޖެކްޓުތަކުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު

- މެރިން ބަޔޮލޮޖީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: މަސައްކަތު                            ބޭނުންވާ އަދަދު: 1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް:

މަހަކު -/1000 ރ.

ކްލެސިފިކޭޝަން

ސްޕޯރޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް.1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ 

މަސައްކަތް ކުރަންޖެހޭ ތަން

މަނިޔަފުށި 

މަޤާމުގެ ޝަރުޠު

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަނިޔަފުށީގެ މަސައްކަތްތަކަށް ހިފާގެންގުޅޭ ތަކެތި ސާފުކުރުން.
  • އިމާރާތާއި ވަށައިގެންވާ ސަރަޙައްދު ކުނިކަހައި ސާފުކުރުން
  • ރަށުތެރެ ވިނަނޮޅައި ކުނިކަހައި ސާފުކުރުން.
  • ރަށުގައި ގަސްއިންދައި ފެންދީ ބެލެހެއްޓުން.
  • ކަންކައި ކާންހެދުމުގެ މަސައްކަތުގައި އެހީތެރިވުން.
  • އެރަށުގައި ކުރާ ރިސާރޗް މަސައްކަތްތަކަށް އެހީތެރިވުން
  • ދޯންޏާއި ލޯންޗަށް ތަކެތި އެރުވުމާއި ބޭލުމުގައި އެހީތެރިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ޑިއުޓީ އުޞޫލުން މސައްކަތް ކުރެވޭ ފަރާތަކަށްވުން.

- ގަސްތަކަށް ކާންއެޅުމާއި - ގަސް މުޑުވައްކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސާފުތާހިރުކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން.   

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ                    ބޭނުންވާ އަދަދު: 1              

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

ޖީ.އެސް 3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތް ސަރވިސް  

މަސައްކަތް ކުރަންޖެހޭ ތަން

މާލެ/ހުޅުލެ

މަޤާމުގެ ޝަރުޠު

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 3 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން ނުވަތަ،
  5. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް 2 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  6. ޖީ.އެސް 3 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުގައި ކުރަންޖެހޭ އެންމެހާ އިދާރީ ކަންތައްތަކުގައި އެހީތެރިވުން.
  • ކަރަންޓީން ކުރުމުގެ ގޮތުން ގެނެވޭ ތަކެތި ރަޖިސްޓަރީކޮށް ރިކޯޑުތައް ބެލެހެއްޓުން.
  • ކަރަންޓީން ޔުނިޓަށް ޑިއުޓީ އުޞޫލުން ނިކުންނަ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:  ސީނިއަރ ލީގަލް އޮފިސަރ                   ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/7305ރ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރ.

ކްލެސިފިކޭޝަން

ސ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން/ ލީގަލް ސަރވިސަސް

މަސައްކަތް ކުރަންޖެހޭ ތަން

މާލެ/ މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ލީގަލް ޔުނިޓުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  • މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޤާނޫނާއި އޭގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ހަދައި، އިޞްލާޙު ކުރުމުގެ މަސައްކަތް ކުރުން.
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅުންހުރި ކަންތައްތަކުގައި ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީގައި ހަދައިފައިވާ އެކިއެކި އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީއަށް ހުށަހެޅޭ ތަފާތު މައްސަލަތައް ބަލައި، ދިރާސާކޮށް، ދައުލަތުން މިނިސްޓްރީގެ ފަރާތުން ދާ މައްސަލަ ތަކުގައި ކޯޓަށް ދިއުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު

- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރު

- މި މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

- ދައުލަތު މާލިއްޔަތު ގަވާއިދަށް އަހުލުވެރިމިންވަރު

ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން

  1. ބޭސްފަރުވާ
  2. އިތުރުގަޑީގެ ފައިސާ
ހުށަހަޅަންޖެހޭ ލިޔުންތައް
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން. މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނު ކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.
ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 ޑިސެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339285 އާ ގުޅުއްވުން އެދެމެވެ.

 

16 ޑިސެންބަރު 2014
ހޯދާ