ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ހައްޖުދަތުރުގެ ފުރުޞަތު ހުޅުވާލުން

ކޮންމެ އަހަރަކުވެސް ކައުންސިލްގެ ޚަރަދުގައި، ވިލުފުށީ ރައްޔިތުންގެ ތެރެއިން 1 (އެކެއް) ފަރާތަކަށް ޙައްޖުދަތުރެއް ދިނުމާގުޅޭ އުޞޫލުގައިވާ ފަދައިން (1444 ވަނަ އަހަރު) ކައުންސިލުގެ ޚަރަދުގައި ޙައްޖަށްދިއުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައި ކޮށްފައިވާ މިއިދާރާގެ ނަންބަރު (IUL)383-ESD/383/2023/8 (19 ޖަނަވަރީ 2023)  އިޢުލާންގެ މުއްދަތު 2023 ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުކުރެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ވީމާ، މިއަހަރުގެ ޙައްޖުދަތުރަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، ކައުންސިލްގެ ޙައްޖުދަތުރަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ފެބުރުވަރީ 28 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުން މިފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފޮނުވާނީ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށެވެ.

ޙައްޖުދަތުރަށް އެދޭ ފަރާތުގެ ޝަރުޠުތައް:

  1. ފަރުޟު ޙައްޖެއް އަދާކޮށްފައިވާ މީހެއްކަމުގައި ނުވުން.
  2. ވިލުފުށީގެ ރަށްވެހީންގެ ރަޖިސްޓްރީގައި ހިމެނޭ މީހެއްކަމުގައިވުން.
  3. އަމިއްލަ ޚަރަދުގައި ޙައްޖަށްދާނެ ތަނަވަސްކަން ނެތް މީހެއްކަމުގައިވުން.
  4. މީލާދީގޮތުން ޢުމުރުން 50 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  5. އެހެންމީހެއްގެ އެހީއާނުލައި އަމިއްލައަށް އުޅެވޭ ފަދަ ޞިއްޙީ ޙާލަތު ރަނގަޅު މީހެއްކަމުގައިވުން.
  6. ޖިނާއީ ކުށެއްގެ ތުހުމަތުގައި ތަހުޤީގު ކުރެވެމުންދާ މީހެއްކަމުގައި ނުވުން އަދި އެފަދަ ކުށެއް ސާބިތުވެ ޙުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން.

ޙައްޖުދަތުރަށް އެދޭ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ދެފުށުގެ ކޮޕީ
  2. ޕޮލިސް ރިޕޯޓް (3 މަސްނުވާ)
  3. ފާއިތުވި 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް (ބޭންކް އެކައުންޓު ހުޅުވާފައިވާނަމަ)

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ފެބުރުވަރީ 2023
ހޯދާ