ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޤައުމީ ދާރުލްއާސާރު ގައި ގާއިމްކޮށްފައިވާ ސުވެނިއަރ ޝޮޕާއި ކެފޭ ހިންގުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު  ބޭނުންވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޤައުމީ ދާރުލްއާސާރު ގައި ގާއިމްކޮށްފައިވާ ސުވެނިއަރ ޝޮޕާއި ކެފޭ ހިންގުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)222-F/INDIV/2022/100 (02 ޖެނުއަރީ 2023) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ ޝަރުތު ފުރިހަމަ ނުވާތީވެ، އެ އިޢުލާން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

21 ފެބްރުއަރީ 2023 (އަންގާރަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް)

ބީލަން ހުށައެޅުން

28 ފެބްރުއަރީ 2023 (އަންގާރަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް)

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340205 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

16 ފެބުރުވަރީ 2023
ހޯދާ