މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ

                 `  

                                                                        

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                                        

 

                އިޢުލާން

   ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

 

މަޤާމުގެ ނަން:

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ދާއިމީ

ރޭންކް:

ސިވިލް ޑެޕިއުޓީ އެގެޒެކެޓިވް  (އެސް.ސީ 02)

ކްލެސިފިކޭޝަން:

އެގްޒެކެޓިވް

މުސާރަ:

މަހަކު  10,940.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,500.00  ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  4,923.00  ރުފޔާ

މަސައްކަތް ކުރަންޖެހޭ ތަން:    

ޕްރޮޖެކްޓް ސެކްޝަން / ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުތު:          

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  3. މީލާދީ ގޮތުން 22 (ބާވީސް) އަހަރު ފުރި، 45 (ސާޅީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  1. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ސެކްޝަންގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުމާއި ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒުކުރުމާއި، ސެކްޝަންގެ ފަރާތުން ކަމާގުޅޭ ފަރާތްތަކަށް ފަންނީގޮތުން ދޭންޖެހޭ ލަފައާއި މަޝްވަރާ ދިނުމާއި، އޮފީހުގެ އެކިއެކި  ނިންމުންތައް ނިންމުމަށް އެހީތެރިވުން.
  2. މި ސަރވިސްއިން ހިންގާ ޕްރޮޖެކްޓް ތަކުގެ ކޮންސެޕްޓް ތައްޔާރުކޮށް، ފްލޯ ޕްލޭން ކުރަހައިދީ، އެތަންތަނުގެ ޑީޓެއިލް ކުރެހުންތައް އެކުލަވާލައި ބީއޯކިއު ތައްޔާރުކޮށްދިނުމާއި، އެތަންތަނުގެ އިންޓީރިއާ ޑިޒައިންތައް ކުރުމާއި، އިންޖިނިއަރެއްގެ ހައިސިއްޔަތުން ފޯރުކޮށްދޭންޖެހޭ ފަންނީ ލަފައާއި އިރުޝާދު އަދި އެހީތެރިކަން ފޯރުކޮށްދިނުން.
  3. މި ސަރވިސްއިން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމާގުޅޭ ސެކްޝަނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ މަޝްރޫއު ރާވައި ހިންގުމުގެ އިތުރުން އެ މަޝްރޫއުތައް އިންސްޕެކްޓްކުރުމާއި، މޮނިޓަރ ކުރުމާއި އެކު ކަމާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ ފަންނީ ރިޕޯޓްތައް ތައްޔާރު ކުރުން.
  4. މި ސަރވިސްއިން ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމުމަށް ކަޑައެޅިފައިވާ ބަޖެޓާ އެކަށީގެންވާ މިންވަރާއި ފެންވަރަށް ޕްރޮޖެކްޓްތައް ނިމިފައިވޭތޯ ބަލައި މޮނިޓަރކޮށް އެސެސްމެންޓް ރިޕޯޓްތައްޔާރު ކުރުމާއި، އިންސްޕެކްޝަން ހެދުމަށްފަހު ފައިސާ ދޫކުރުމަށް ބޭނުންވާ ޑޮކިއުމަންޓް ތައްޔާރު ކުރުން.
  5. މި ސަރވިސްގެ އިމަރާތްތަކުގެ ފިޒިކަލް ޑެމޭޖު އެސެސްމަންޓު ހެދުމާއި، އިމާރާތްތައް މަރާމާތު ކުރުމަށް ބޭނުންވާ ބިޑް ޑޮކިއުމަންޓް ތައްޔާރު ކުރުން.
  6.  ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް މައުލޫމާތު ފޯރުކޮށްދޭންޖެހިއްޖެނަމަ، އެ މަޢުލޫމާތެއް ފޯރުކޯށްދިނުން.
  7. ސެކްޝަންގެ ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ބަޖެޓް ތައްޔާރު ކުރުމާއި ސެކްޝަންގެ އެކްޝަން ޕްލޭން، ޕްރޮގްރެސް ތައްޔާރު ކުރުމާއި، މި ސަރވިސްއަށް ދިމާވާ ކުއްލި އިމަންޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޙާއްސަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

 

މަޤާމާއި ގުޅޭ ދާއިރާ:

-  ޕްރޮޖެކްޓް މެނޭޖަރ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-  ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ، އާކިޓެކްޗަރ، އިކޮނޮމިކްސް، ފައިނޭންސް، ކޮންޓިޓީ ސާވޭއިންގ، އަރބަން ޕްލޭނިންގ، އަރބަން ސްޓަޑީޒް، ބިލްޑީންގ ސާވޭއިންގ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތައުލީމް ޝަރުތު (ސާޅީސް ފަސް ޕަސެންޓް)
  • ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް (ފަސް ޕަސެންޓް)
  • މަސައްކަތު ތަޖުރިބާ (ދިހަ ޕަސެންޓް)
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ސާޅިސް ޕަސެންޓް)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ

  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 

 4. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ

  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
  2. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  3. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  4. ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2023 ފެބްރުއަރީ 23 ވާ ބުރާސްފަތި ދުވަހު 15:00 ގެ ނިޔަލަށް [email protected]ނުވަތަ [email protected]

އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއުއާއި ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި،މުއްދަތު:

  • މިމަގާމުގެ އިންޓަރވިއު އޮންނާނީ 2023 ފެބްރުއަރީ 26 އާއި 2023 މާރިޗް 13 ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026336 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
    • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

16 ފެބްރުއަރީ 2023

 

16 ފެބުރުވަރީ 2023
ހޯދާ