މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
މި ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

މިސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ފެބްރުވަރީ 19 ން އިން 2023 ފެބްރުވަރީ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާނީ މެއިލް މެދުވެރިކޮންނެވެ.
  1. އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.

v      މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން (ކުންފުނީގެ ނަން):

v      ރަޖިސްޓްރީ ނަންބަރު (ކުންފުނީގެ):

v      އީމެއިލް އެޑްރެސް:

v      ގުޅޭނެ މޯބައިލް ނަންބަރު:

   3.       މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ.

   4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ފެބްރުވަރީ 26 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލްގެ އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

   5.     ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2023 މާރިޗް 02 ވަނަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލްގެ އޮފީހުގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952908 އަށެވެ. އީ-މެއިލް ކުރާނީ admin@mmaduvvareeschool.edu.mv  އަށެވެ

          26ރަޖަބް 1444 

16ފެބްރުއަރީ 2023

 

                                .

 

16 ފެބުރުވަރީ 2023
ހޯދާ