މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ދެކުނުކޮޅުގައި މަސްކަނޑާތަނެއް ހެދުމާއި ގުޅޭ

ރ. މީދޫ ބަނދަރުގެ ދެކުނުކޮޅުގައި ޢާއްމުރައްޔިތުންގެ ބޭނުމަށް ، ފަސޭހަކަމާއެކު މަސްކެނޑޭނެ ތަނެއް ހެދުމަށްޓަކައި މި ކައުންސިލުގެ 2023 ވަނަ އަހަރު 7 ވަނަ ބައްދަލުވުމުގައި ނިންމާފައިވާތީވެ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 22 ފެބްރުއަރީ 2023 ވާ ( ބުދަ ) ދުވަހުގެ 10:00 ގައި މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކައުންސިލްއިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ. އަދި މި މަސައްކަތުގެ ބިޑް ކެނޑުން އޮންނާނީ 26 ފެބްރުއަރީ 2023 ވާ ( އާދިއްތަ ) ދުވަހު ހެދުނު 10:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެ ލައްވާ ފަރާތްތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދެމެވެ. އަދި މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާތަކެތި ޕްރޮޕޯސަލްއާއެކު ހުށަހަޅަންވާނެއެވެ.

1- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ވަނަވަރު)

2- އަންދާސީ ހިސާބު (ތަފްޞީލާއެކު)

3- ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ

4- އަމިއްލަ ވިޔަފާރިއެއްނަމަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ / ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

އަންދާސީ ހިސާބު ވަޒަންކުރުމުގައި ބެލޭނެ މިންގަނޑުތައް

1- ހުށަހަޅާފައިވާ އަގު އެކަށީގެންވޭތޯ (އަގަށް 80 ޕޮއިންޓް)

2- އަންދާސީ ހިސާބު ފުރިހަމަކޮށްފައިވާ ގޮތް 05 ޕޮއިންޓް

3- މާލީ ގޮތުން މަސައްކަތް ކުރެވިދާނެ ފެންވަރު 15 ޕޮއިންޓް

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2023
ހޯދާ