ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މެއި/ޖޫން އެޑެކްސެލް އައި.އޭ.އެލްގެ އާޓް ސްޓްރީމް އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ފޯމް ދޫކުރުން.

2023 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައި.އޭ.އެލް (ހަމައެކަނި އާޓް ސްޓްރީމް ހަދާ ދަރިވަރުން، ހިސްޓްރީ، ޖޯގްރަފީ، އިންގްލިޝް ލޭންގުއޭޖް އަދި އިންގްލިޝް ލިޓްރޭޗަރ) އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ދޫކުރުމާއި ފައިސާ ބަލައިގަތުން 2023 ފެބްރުއަރީ 15 ވާ ބުދަ ދުވަހުން ފެށިގެން 2023 ފެބްރުއަރީ 22 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.

އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ [email protected] އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ޗެކް ކުރުމަށްފަހު ފައިސާ ދެއްކުމަށް ލިންކް އީމެއިލް އިން ފޮނުވާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުން އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

24  ރަޖަބް  1444

15 ފެބްރުއަރީ 2023 

15 ފެބުރުވަރީ 2023
ހޯދާ