މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލުދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގެ ލައިސަންސް ޓްެރެކް ހެދުމުގެ މަސައްކަތް

ނ. އަތޮޅު ކައުންސިލްއިންދޭ ނަމޫނާއާއި އެއްގޮތަށް އެއްގަމު ލައިސަންސް ޓްރެކް ހެދުމުގެ މަސައްކަތް.   

 

       ނ.އަތޮޅު ކައުންސިލުން ދޭ މިންގަނޑުތަކާއި ކުރެހުމާ އެއްގޮތަށް އެއްގަމު ލައިސަންސް ޓްރެކް އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަނަބަރ IUL)228-DG/228/2023/5) އިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ބީލަން ރަޖިސްޓްރީކުރުން

         ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައްތައް  ކުރިއަށް  ގެންދެވުން  އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް  ބޭނުންވެލައްވާ ފަރާތްތަކުން  )ބިޑްރަޖިސްޓްރީކުރާ ފޯރމް) މިލިންކަށް ވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް    ([email protected] ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތަފްސީލް

ތާރީޚް

ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން

16 ފެބުރުއަރީ 2023 ން 22 ފެބުރުއަރީ 2023 އަށް

8:00 އިން 14:00

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން)

23 ފެބުރުއަރީ 2023

13:00

އަންދާސީ ހިސާބު ހުށަހެޅުން

28 ފެބުރުއަރީ  2023

13:00

ބީލަމާގުޅޭ ތާވަލު:

 
   

 

 

 

އަންދާސީ ހިސާބު ހުށަހެޅުން

         މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.  

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.

15 ފެބުރުވަރީ 2023
ހޯދާ