މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ރައްޔިތުންނާއި ބައްދަލުކުރުން

2022 ވަނަ އަހަރު މިކައުންސިލު ހިނގިގޮތުގެ އަހަރީ ރިޕޯޓް ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވާ ޖަލްސާ 24 ފެބްރުއަރީ 2023 ވާ ހުކުރު ދުވަހުގެ ރޭ 08:45 ގައި ހިތާދޫ ސްކޫލު ހޯލްގައި އޮންނާނެއެވެ.

 މިޖަލްސާގައި ތިރީގައި މިވާ ކަންތައްތަކަށް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

  • 2022 ވަނަ އަހަރީ ރިޕޯޓް ރައްޔިތުންނާ ހިއްސާކުރުން،
  • 2023 ވަނަ އަހަރުގެ ވޯރކް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުން،
  • ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއި ބެހޭ (ޤަވާއިދަށް 30 އޮކްޓޫބަރ 2022ން ފެށިގެން ބަދަލުގެނެވިފައިވާތީވެ) އަގު ކަނޑައެޅުމުގައި، ގެންގުޅޭނެ ރޭޓްތަކާއިމެދު މަޝްވަރާކުރުން،
  • ޅ.މާފިލާފުށި، މީހުން ދިރިނޫޅޭ ރަށެއްގެގޮތުގައި ސަރުކާރުން ނިންމަވާފައިވާތީ، އެރަށުގެ 03 އާއިލާއަކަށް މިރަށުން ގޯތިދިނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަންގަވާފައިވާތީ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުން،
  • ރައްޔިތުންގެ ރުއްރުކުން ވެއްޓިފައިހުއްނަ ކާށި ވީރާނާވެދާތީވެ، އެކަމާއި ގުޅޭގޮތޮން މަޝްވަރާކުރުން.

 ވީމާ މިޖަލްސާގައި ވީހާގިނަ ރައްޔިތުން ބައިވެރިވުމަށްޓަކައި އެގަޑިއަށް ހިތާދޫސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.

މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ފެބުރުވަރީ 2023
ހޯދާ