މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި ޖީ.އެން.އެސް.އެސް ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުން

                        މިއިދާރާގައި ޖީ.އެން.އެސް.އެސް ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންވަ ތަކެތި، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2023 ފެބްރުއަރީ 21 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ shorturl.at/dBLP6 މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ.

-    އިޢުލާން ނަންބަރު (ކޮން އަންދާސީ ހިސާބެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-    ރަޖިސްޓްރީ ކުރާ ނަން (އަމިއްލަ ފަރުދެއް/ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ)

-  ރަޖިސްޓްރީ ނަމްބަރު

-    ގުޅޭނެ ފޯނު ނަންބަރު

-    އީމެއިލް އެޑްރެސް

-     މެއިލް ފޮނުވާ ފަރާތުގެ ނަން

ޕްރީބިޑް މީޓިންގް

2023 ފެބްރުއަރީ 22 ވާ ބުދަ ދުވަހުގެ 10:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ޕްރީބިޑް މީޓިން އަށް ހާޒިރުނުވާ ފަރާތްތަކަށްވެސް، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާނަމަ، ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.)

އަންދާސީ ހިސާބު ހުށަހެޅުން

2023 ފެބްރުއަރީ 26 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

15 ފެބުރުވަރީ 2023
ހޯދާ